ވިދާޅުވީ މިހާރު ފޮނުވާފައިވާ ބިލްތައް މި ބަދަލާ އެއްގޮތަށް އަދާހަމަ ކުރުމަށް ފަހު ވީއެންމެ އަވަހަކަށް ކަސްޓަމަރުންނަށް ފޮނުވާނެ ކަމަަށެވެ.
ރަައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ މި ނިންމެވުން ކަރަންޓް ކުންފުނި -- ސްޓެލްކޯ އިން ވަނީ ދެންމެ ހާމަ ކޮށްފައެވެ.
ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު ހުސައިން ފަހްމީ ދެންމެ ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ ވައުދުފުޅާ އެއްގޮތަށް ނިމިދިޔަ ރަމަޟާންމަހު ބޭނުންކޮށްފައިވާ ކަރަންޓަށް ޑިސްކައުންޓް ދިނުމަށް ސްޓެލްކޯއިން ނިންމާފައިވާ ކަމަށެވެ،
އަދި ވިދާޅުވީ މިހާރު ފޮނުވާފައިވާ ބިލްތައް މި ބަދަލާ އެއްގޮތަށް އަދާހަމަ ކުރުމަށް ފަހު ވީއެންމެ އަވަހަކަށް ކަސްޓަމަރުންނަށް ފޮނުވާނެ ކަމަަށެވެ.
"ސަރުކާރުގެ ހަރުދަނާ އޯގާތެރި ސިޔާސަތުތަކާއި އެއްގޮތަށް ދިވެހި ރައްޔިތުންގެ ލާބައާއި މަންފާއަށް ކޮށްދެވެންހުރި ހުރިހާކަމެއް ކޮށްދިނުންމަތީ ދެމިތިބޭނެ ކަމުގެ ޔަގީންކަން އަރުވަން،" ފަހްމީ ވިދާޅުވި އެވެ.
ރޯދައިގެ ކަރަންޓް ބިލަށް ޑިސްކައުންޓް ދޭން ނިންމާފައި މި ވަނީ މި ފަަހަރުގެ ބިލު ވަރަށް ބޮޑު ކަމަށް ބުނެ އާންމުންގެ ބައެއް މީހުން ޝަކުވާ ކުރަމުން ދަނިކޮށެވެ. ކުރީގެ ބިލްތަކާއި ފަހުން އައި ބިލްގެ ތަފާތު ވެސް ބައެއް މީހުން ސޯޝަލް މީޑިއާގައި ކިޔައިދީ އެކަމުގެ ކަންބޮޑުވުން ފާޅުކޮށްފައިވެ އެވެ.
ކަރަންޓް ބިލު މި ފަހަރު ބޮޑުވީ ހޫނުގެ ދުވަސްވަރެއް ކަމުން ކަރަންޓް ބޭނުން ކުރި މިންވަރު ބޮޑުތަނުން އިތުރުވުމުން ކަމަށް ސްޓެލްކޯ އިން ބުނެ އެވެ. ފަހްމީ ވަނީ ހޫނުގެ ދުވަސްތައް ދިގުލައިގެން ދާތީ ކަަރަންޓް ބޭނުން ކުރާ މިންވަރު އިތުރުވާތީ ސަމާލުވުމަށް ވެސް އެދިވަޑައިގެންފައެވެ. އަދި ކަރަންޓް އިގްތިސާދުކޮށް ބޭނުން ކުރާ މިންވަރު މަދު ކުރުމަށް ސަމާލުކަން ދިނުމަށް އެދިވަޑައިގަތެވެ.
އަޅުގަނޑު މެން ގޭގަ އުޅެނީ 2 މީހުން މުޅި ދުވަހު އޮފީހުގަ އުޅެނީ ގެއަށް އަތުރު ކަރަންޓް އެއްޗެއް ނުހޯދަން އިތުރަކަށް ކަރަންޓް ބޭނުމެއް ނުކުރަން އެކަމު 250 ރުފިޔާ ބޮޑު އަޖައިބެއް