ފަހަކަށް އައިސް މަސާޖްޕާލާ ތަކާއި ސްޕާ އާއި ސެލޫންގެ ނަމުގައި ހަދައި ހަށިވިއްކާ ތަންތަން ރެއިޑް ކުރުން ފުލުހުން އިތުރުކޮށްފައި ވެއެވެ.
ފުލުހުންގެ ހިދުމަތުން ބުނީ ފޭދޫގައި ސްޕާއެއްގެ ގޮތު ހިންގި ތަނުން ބަޔަކު ހައްޔަރު ކުރީ އިއްޔެ އެ ރަށުގައި ހިންގި އޮޕަރޭޝަނެއްގެ ތެރެއިން ކަމަށެވެ. އިއްޔެ ހައްޔަރު ކުރި މީހުންގެ ތެރޭގައި ހިނެނޭ ދިވެހި ދެ ފިރިހެނުންނާއި ތައިލޭންޑްގެ ތިން އަންހެނުންނެވެ.
އެތަން ބަލާ ފާސްކޮށް އެ މީހުން ހައްޔަރު ކުރި ސަބަބެއް ފުލުހުންނެއް ނުބުނެ އެވެ. އެހެން ނަމަވެސް އެނގިފައިވާ ގޮތުގައި އެއީ ސުޕާއެއްގެ ގޮތުގައި ހަށިވިއްކުމާއި ބަދު އަހުލާގީ އަމަލުތައް ހިންގަމުން ދިޔަތަނެވެ. ފުލުހުން ގެންދަނީ އެ މައްސަލަ ބަލަމުންނެވެ.
ފަހަކަށް އައިސް މަސާޖްޕާލާ ތަކާއި ސްޕާ އާއި ސެލޫންގެ ނަމުގައި ހަދައި ހަށިވިއްކާ ތަންތަން ރެއިޑް ކުރުން ފުލުހުން އިތުރުކޮށްފައި ވެއެވެ.