"މަސައްކަތްތެރިންގެ ހައްގުގައި އެމްޑީޕީން ކުރީ ފަހުރުވެރިވާ މަސައްކަތެއް"

"މަސައްކަތްތެރީންގެ ހައްގުތައް ފުރިހަމައަށް ރައްކާތެރިކުރުމަށް ކުރަން ޖެހޭ ކަންކަން ކުރުމުގައި އަޅުގަނޑުމެން ދެމިތިބޭނެ ކަމުގެ ޔަގީންކަން މި މޭޑޭގައި އަރުވަން،" ރައީސް ސޯލިހު ވިދާޅުވި އެވެ.

ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު" މޭޑޭގެ ތަހުނިޔާ ވަނީ ފޮނުއްވާފައި --

މަސައްކަތްތެރިންގެ ހައްގުތައް ރައްކާތެރިކުރުމަށް އެމްޑީޕީން ކޮށްފައި ވަނީ ފަހުރުވެރިވާ މަސައްކަތެއްކަން ފާހަގަކުރައްވަމުން ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ދުވަހުގެ ތަހުނިޔާ ފޮނުއްވައިފި އެވެ.

މިއަދު ފާހަގަކުރަމުންދާ މަސައްކަތްތެރިންގެ ދުވަސް ނުވަތަ މޭޑޭގެ ތަހުނިޔާ އަދާކުރައްވަން މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ސޯލިހު ވިދާޅުވީ ރާއްޖޭގައި މަސައްކަތްތެރިންގެ ހައްގުތައް ކަށަވަރުކުރަން މުޅި ރާއްޖޭގައި ހިންގި ހަރަކާތްތަކުގައި އެމްޑީޕީން އިސްކޮށް ހަރަކާތްތެރިވެފައިވުމަކީ މުޅި ޕާޓީއަށް ވެސް ލިބޭ ފަހުރެއް ކަމަށެވެ.

އެމީހުންގެ ރައްކާތެރިކަން ކަށްވަރުކުރަން އެންމެ ކުޑަ އުޖޫރަ ކަނޑައަޅައި ގާނޫނެއް ފާސްކޮށްފައި ވަނީ ވެސް އެމްޑީޕީގެ މަސައްކަތުން ކަން އެމަނިކުފާނު ފާހަގަކުރެއްވި އެވެ.

"މަސައްކަތްތެރީންގެ ހައްގުތައް ފުރިހަމައަށް ރައްކާތެރިކުރުމަށް ކުރަން ޖެހޭ ކަންކަން ކުރުމުގައި އަޅުގަނޑުމެން ދެމިތިބޭނެ ކަމުގެ ޔަގީންކަން މި މޭޑޭގައި އަރުވަން،" ރައީސް ސޯލިހު ވިދާޅުވި އެވެ.

ރައީސް ސޯލިހުގެ ސަރުކާރުން ވަނީ މިނިމަން ވޭޖް ކަނޑައަޅައި، ވިހެއުމާ ގުޅިގެން ކޮންމެ މަންމައަކަށް ހަ މަސްދުވަހުގެ މެޓާނިޓީ ލީވް، އަދި ބައްޕައަށް މަސް ދުވަހުގެ ޕެޓާނިޓީ ލީވް ހަމަޖައްސައިދީފަ އެވެ. އޭގެ އިތުރުން ވެސް ރައްޔިތުންގެ މަޖިލީހަށް ބިލުތައް ހުށަހަޅާފައިވެ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.