ލައިސަންސް ނެގޭ އުމުރު 16 އަހަރަށް ދަށް ކުރުން ވަޒީރަށް ރަނގަޅު

"ހާލަތު މިހާރު ބަދަލުވަމުންދާއިރުގައި [ލައިސަންސް ނެގޭ އުމުރު] ބަދަލު ކުރުމަކީ އަޅުގަނޑުމެން ރިސާޗެެއް ހަދާފައި ކުރުން ރަނގަޅު ކަމެއް ގޮތުގައި އަޅުގަނޑު ބަލައިގަންނަން،"

ރެލީއެއްގައި ޒުވާނުންގެ ބަޔަކު ބައިވެރިވަނީ: ސައިކަލު ލައިސަންސްދޭ އުމުރު ހަގު ކުރުމަށް ބައެއް މީހުން އެދޭ

އެއްގަމު އުޅަނދު ދުއްވުމުގެ ލައިސަންސް ނެގޭ އުމުރު ދަށް ކުރުމަށް އެކަމާ ގުޅޭ ފުރިހަމަ ދިރާސާއެއް ހެދުން މުހިންމު ކަމަށާ އެ ދިރާސާގެ އަލީގައި އުމުރު ދަށް ކުރުމަކީ ރަނގަޅު ކަމެއް ކަމަށް ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީން ވިދާޅުވެއްޖެ އެވެ.

ރޭ އޮތް "އަހާ" ފޯރަމް ގައި ސުކޫލު ދަރިވަރަކު ވަނީ އުމުރުން 16 އަހަރުވުމުން ސައިކަލު ލައިސަންސް ނެގޭ ގޮތް ހެދުމާއިމެދު ގެންގުޅޭ ވިސްނުމާއި ގުޅޭ ގޮތުން ސުވާލުކޮށް ފައެވެ. ގަވާއިދާ ހިލާފަށް މިހާރު ވެސް ބައެއް ކުދީން ސައިކަލާއި ކާރު ދުއްވާކަން ވެސް ފާހަގަ ކުރި އެވެ.

ރާއްޖޭގައި އެއްގަމު އުޅަނދު ދުއްވުމުގެ ލައިސަންސް ނެގެނީ އުމުރުން 18 އަހަރުވުމުންނެވެ.

އެކަމާ ސުވާލު ކުރުމުން މިނިސްޓަރު އަމީން ވެސް ވިދާޅުވީ ގަވާއިދާ ހިލާފަށް އެއްގަމު އުޅަނދު ދުއްވާ ކުދީން އުޅޭ ކަމަށާ އެއީ ހައްލު ކުރަން ޖެހޭ މައްސަލައެއް ކަމަށެވެ. ރާއްޖޭގައި ޒަމާނުއްސުރެ ލައިސަންސް ދޫކުރުމުގައި ބަލަނީ ބޮޑު މީހެއްގެ ގޮތުގައި ބަލާ އުމުރުކަން ފާހަގަކޮށް މިނިސްޓަރު ވިދާޅުވީ އެ ނިންމުން ބަދަލު ކުރެެވޭނީ ގާނޫނަށް ބަދަލު ގެނެސް ގެން ކަމަށެވެ.

އުމުރުން 16 އަހަރުވުމުން ލައިސަންސް ނެގޭ ގޮތް ހެދުމާއި ގުޅޭ މަޝްވަރާތައް މިނިސްޓްރީގައި ވެސް ކުރެވުނު ކަމަށާ އެކަމާއި ގުޅޭގޮތުން ރިސާޗެއް ހަދާފައިވާ ކަމަށް ވެސް ވިދާޅުވި އެވެ. މިނިސްޓަރު ވިދާޅުވި ގޮތުގައި ސައުތު އީސްޓް އޭޝިއޭ ގައި ވެސް އޮންނަ މިންގަނޑަކީ ވެސް 18 އަހަރު ވުމުން ނޫނީ ޑްރައިވިން ލައިސަންސް ދޫ ނުކުރުމެވެ. ނަމަވެސް ކުރީގެ ހާލަތާއި މިހާރުގެ ހާލަތު ތަފާތު ކަމުގައި ވިދާޅުވި އެވެ.

"ހާލަތު މިހާރު ބަދަލުވަމުން ދާއިރުގައި [ލައިސަންސް ނެގޭ އުމުރު] ބަދަލު ކުރުމަކީ އަޅުގަނޑުމެން ރިސާޗެެއް ހަދާފައި ކުރުން ރަނގަޅު ކަމެއް ގޮތުގައި އަޅުގަނޑު ބަލައިގަންނަން،" މިނިސްޓަރު ވިދާޅުވި އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.