ފުވައްމުލަކުގައި އީދު ބޮކިފަތީގެ ހޮޅިދަނޑިއެއްގައި ޖެހި މީހަކު ޒަހަމްވެއްޖެ

ރާއްޖޭގެ ހުރިހާ ބޮޑެތި ސިޓީތަކާއި، ރަށްތަކެއްގައި އީދު ފާހަގަކުރުމަށް ބޮކިފަތި ދަމައި ޒީނަތްތެރިކުރުމަކީ މި ސަރުކާރުން ފެށި ކަމެކެވެ.

މާލޭގެ މަގެއް އީދަށް ޒީނަތްތެރިކޮށްފައި؛ އަދިވެސް މާލޭގެ އަދި، އަތޮޅުތެރޭ ރަށްތަކާއި ސިޓީތަކުގައި ގިނަ ބޮކިފަތިތަކެއް ހުރީ ނުނަގާ -- ފޮޓޯ: ދަ މިރާ

ފުވައްމުލަކު ސައިކަލެއް ދުއްވި މީހަކު އެ ސިޓީގައި އީދު ބޮކިފަތި ދަމާފައި ހުރި ހޮޅި ދަނޑިއެއްގައި ޖެހި ޒަހަމް ވެއްޖެ އެވެ.

އެ ހާދިސާގައި އެ މީހާގެ ބޮލަށާއި، ހަށިގަނޑުގެ އެކި ތަންތަނަށް އެކިވަރުގެ ޒަހަމްތައް ލިބިފައިވާ ކަމަށް އެ ސިޓީން "މިރާ" އަށް މައުލޫމާތު ދިން އޭނާގެ އާއިލާ މެންބަރަކު ބުންޏެވެ. އަދި މިއަދު ހެނދުނުގެ އެ މީހާ ވަނީ އިތުރު ފަރުވާއަށް މާލެ ގެނެސްފަ އެވެ. 

މި އެކްސިޑެންޓު ހިނގާފައި ވަނީ ފުވައްމުލަކު އެއާޕޯޓް ސަރަހައްދުގައި އީދު ބޮކިފަތި ދަމާފައި ހުރި ހޮޅިދަނޑިއެއް ވެއްޓިފައި އޮއްވާ، ސައިކަލުގައި ދިޔަ މީހާ އޭގައި ޖެހި އެވެ. 

ރާއްޖޭގެ ހުރިހާ ބޮޑެތި ސިޓީތަކާއި، ރަށްތަކެއްގައި އީދު ފާހަގަކުރުމަށް ބޮކިފަތި ދަމައި ޒީނަތްތެރިކުރުމަކީ މި ސަރުކާރުން ފެށި ކަމެކެވެ. މި މަހުގެ 11 ގައި އީދު ފާހަގަ ކުރުމަށް އެތަންތަނުގައި ޖެހި ގިނަ ބޮކިފަތިތަކާއި ގިޑިގެތައް އަދިވެސް އެއްކޮށް ނުނަގަ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.