އިލެކްޝަންސް ކޮމިޝަނުން މިއަދު ވަނީ ޕީއެންއެސް ރަޖިސްޓްރީކޮށްދީ އެކަމުގެ ލިޔުން ޕާޓީ އޮފީހަށް ފޮނުވާފަ އެވެ.
ޕީޕަލްސް ނޭޝަނަލް ޕްރޮންޓް (ޕީއެންއެފް) އުފައްދަން ބޭއްވި ޖަލްސާ ބަލައިގަނެ އެ ޕާޓީ ރަޖިސްޓްރީކޮށްދީ ޕާޓީތަކުގެ ދަފްތަރު ގައި މިއަދު ހިމަނައިފި އެވެ.
ޕީއެންއެފް އުފެއްދުމުގެ ޖަލްސާ ބޭއްވީ މި މަހުގެ 10 ވަނަ ދުވަހު އެވެ. އެ ޖަލްސާ ފުރަތަމަ ބާއްވަން އުޅުނީ ޣިޔާސުއްދީން ސުކޫލު ގައެވެ. ނަމަވެސް ފުލުހުންގެ އެސްއޯ އިން ވަނީ އެ ޖަލްސާއަށް ހުރަސް އަޅާ ހުއްޓުވާފަ އެވެ. އެ ޖަލްސާ ހުއްޓުވީ އެޑިއުކޭޝަން މިނިސްޓްރީން އަންގައިގެންނެވެ. އެ މިނިސްޓްރީން ޖަލްސާ ހުއްޓުވަން އެދުނީ ޣިޔާސުއްދީނުން އެދިގެން ކަމަށް ބުންޏެވެ.
އެއީ އެ ޖަލްސާ ބާއްވަން ދިން ހުއްދަ ކުއްލި ގޮތަކަށް އެ ސުކޫލުން ބާތިލުކުރުމުންނެވެ. އެ ހުއްދަ ބާތިލުކުރީ ނުފޫޒެއްގެ ސަބަބުން ކަމަށް ވަރަށް ބޮޑަށް ބެލެވެ އެވެ.
ފަހުން ޖަލްސާ ބޭއްވީ ރާޅުގަނޑު ސަރަހައްދު ގައެވެ.
އިލެކްޝަންސް ކޮމިޝަނުން މިއަދު ވަނީ ޕީއެންއެސް ރަޖިސްޓްރީކޮށްދީ އެކަމުގެ ލިޔުން ޕާޓީ އޮފީހަށް ފޮނުވާފަ އެވެ.
ޕީއެންއެފްގެ ވަގުތީ ރައީސަކީ ރައީސް ޔާމީންގެ ދޮށީ ދަރިކަލުން ޒެއިން ޔާމީން އެވެ. ސެކްރެޓްރީ ޖެނެރަލަކީ މުހައްމަދު މަލީހު ޖަމާލެވެ. ޓްރެޝަރާ އަކީ އަހުމަދު މުސްތަފާ މުހައްމަދު އެވެ. ރަޖިސްޓްރާ އަކީ އަލީ ޝިޔާން ރަޝީދެވެ.