ބޮޑު އީދު ޕްރޮޕޯޒަލް ތައްޔާރު ކުރުމަށް ފަހު އަންނަ މަހުގެ ނުވަ ވަނަ ދުވަހުގެ ކުރިން ޕްރޮޕޯޒަލް ފޮނުވަން ޖެހެ އެވެ.
މި އަހަރުގެ ބޮޑު އީދު ފާހަގަ ކުރަން ޝައުގުވެރިވާ ރަށްރަށުން ޕްރޮޕޯޒަލް ހުށަހަޅަން ހުޅުވާލައިފި އެވެ.
ހެރިޓޭޖް މިިނިސްޓަރީން ބުނީ ރަށްރަށުން ހުށަހަޅާ ޕްރޮޕޯޒަލްތަކުގެ ތެރެއިން ބޮޑު އީދު ފާހަގަ ކުރާނެ ރަށެއް ކަނޑައެޅުމުގައި ބަލާނީ ބޮޑު އީދުގައި އެ ރަށަކުން ކުޅޭނެ ކުޅިވަރު ތަކަށާއި، ކައުންސިލުން އެކަމަށް ކުރާނެ ހަރަދުތަކާއި، އަދި އަގަކާ ނުލައި އެ ރަށަކުން އީދުގައި ކުރާނެ ކަންކަމުގެ މައްޗަށް ބަލައިގެން ކަމަށެވެ.
އެ މިނިސްޓަރީން އިސްވެ ބޮޑު އީދު ފާހަގަ ކުރާނީ ރާއްޖޭގެ ތިން ރަށެއްގައެވެ.
އެ ތިން ރަށް ކަނޑައަޅަނީ ރަށްރަށުން ހުށަހަޅާ ޕްރޮޕޯސަލްތައް ބެލުމަށްފަހު އެންމެ ރަނގަޅު ތިން ރަށެއްގެ ޕްރޮޕޯސަލަށް ބަލައިގެނެވެ.
ބޮޑު އީދު ޕްރޮޕޯޒަލް ތައްޔާރު ކުރުމަށް ފަހު އަންނަ މަހުގެ ނުވަ ވަނަ ދުވަހުގެ ކުރިން ޕްރޮޕޯޒަލް ފޮނުވަން ޖެހެ އެވެ.