ދިވެހި ފުލުހުންގެ ހިދުމަތުން ދެންމެ ބުނީ ނޮޅިވަރަންފަރު ގެސްޓު ހައުސްއެއްގައި މަސައްކަތްކުރާ ދެ ބިދޭސީން މަސް ހިފަން ކެނޯއެއްގައި ނުކުމެ އުޅެނިކޮށް އެތަނުން އެކަކު ގެއްލިފައިވާ ކަމަށް 2:15 އެހާކަންހާއިރު ފުލުހުންނަށް ރިޕޯޓު ކޮށްފައިވާ ކަަމަށެވެ.
މަސް ހިފަން ނުކުތް މީހަކު ގެއްލިގެން ހޯދަން ފަށައިފި އެވެ.
ދިވެހި ފުލުހުންގެ ހިދުމަތުން ދެންމެ ބުނީ ހދ. ނޮޅިވަރަންފަރު ގެސްޓު ހައުސްއެއްގައި މަސައްކަތްކުރާ ދެ ބިދޭސީއަކު މަސް ހިފަން ކެނޯއެއްގައި ނުކުމެ އުޅެނިކޮށް އެތަނުން އެކަކު ގެއްލިފައިވާ ކަމަށް މިއަދުގެ 2:15 އެހާކަންހާއިރު ފުލުހަށް އަންގާފައިވާ ކަމަށެވެ.
ގެއްލިފައިވަނީ ބަނގްލަދޭޝް 29 އަހަރުގެ ފިރިހެނެކެވެ.
ފުލުހުންގެ އިދާރާއިން ބުނި ގޮތުގައި އެ މީހާ ގެއްލިފައިވަނީ ނޮޅިވަރަންފަރު ހުޅަނގު ފަރާތުން ގާތްގަނޑަކަށް 200 މޭލު ބޭރުން ކަމަށް މައުލޫމާތު ލިބިފައިވެ އެވެ. އަދި މީހާ ހޯދުމުގެ މަސައްކަތް ފުލުހުންނާއި އެމްއެންޑީއެފް އިން ދަނީ ކުރަމުންނެވެ.
މި ބިދޭސީ މީހާ ގެއްލިފައިވާއިރު މި މަހުގެ 17 ވަނަ ދުވަހުން ފެށިގެން ހުޅުމާލެއިން މީހަކު ގެއްލި ހޯދަމުން އަންނައިރު މިހާހަތަނަށް އޭނާގެ ހަބަރެއް ވެފައެއް ނުވެއެވެ.