މަރުވަންދެއް ސިޔާސީ ކަންކަމުގައި ދެމިހުންނާނަން: ޖާބިރު

އާދީއްތަ ދުވަހު ބޭއްވި މަޖިލިސް އިންތިހާބުގެ ނާކާމިޔާބީއަށް ފަހު ޖާބިރު ވިދާޅުވީ އަމާޒަކީ އަނެއްކާވެސް އެމްޑީޕީގެ އިސްސަފުގައި މަސައްކަތް ކުރުން ކަމަށެވެ.

ކާށިދޫ ދާއިރާގެ މެންބަރު ޖާބިރު؛ ނާކާމިޔާބީއަށް ފަހު ޖާބިރު ވިދާޅުވީ ސިޔާސީ ކަންކަމުން ދުރަށްޖެހިވަޑައިނުގަންނަވާނެ ކަމަށް -- ފޮޓޯ: މަޖިލިސް

ވިހިވަނަ ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ހޮވުމަށް އާދީއްތަ ދުވަހު ބޭއްވި އިންތިހާބުން ނާކާމިޔާބުވެވަޑައިގަތް ނަމަވެސް، ސިޔާސީ ކަންކަމުގައި ދެމިހުންނަވާނެ ކަމަށް ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރު ވިދާޅު ވެއްޖެ އެވެ. 

އިންތިހާބުގެ ނާކާމިޔާބީއަށް އަށް ފަހު "މިރާ" އަށް ފޯނުން ދެއްވި އިންޓަވިއުއެއްގައި ޖާބިރު ވިދާޅުވީ، އިންތިހާބު ކާމިޔާބު ނުކުރެއްވުނު ނަމަވެސް އެއީ ނާކާމިޔާބީއެއް ކަމަށް ގަބޫލު ނުކުރައްވާނެ ކަމަށާއި، ސިޔާސީ ކަންކަމުގައި ދެމިހުންނަވާނެ ކަމަށެވެ. 

"އަޅުގަނޑު ސިޔާސީ ކަންކަމުން ނުފެންނާނެ ދުވަހެއް ނާންނާނެ. މަރުވަންދެން ވެސް އަޅުގަނޑު ސިޔާސީ މަސައްކަތުގައި ހުންނާނީ. މިފަހަރު އަދި މެންބަރުކަން [ނުލިބުނަސް] އަލަށް މެންބަރުކަމުގެ ހުވާ ކުރައްވާ ބޭފުޅާއަށް ތަހުނިޔާ ދަންނަވަން އަޅުގަނޑު" ޖާބިރު ވިދާޅުވި އެވެ. 

ވެރިކަން ކުރާ ކޮންގްރެސް ޕާޓީގެ ކޯލިޝަނުން އިދިކޮޅު އެމްޑީޕީގެ މައްޗަށް ގަދަ ކުރުމަކީ އަމިއްލަ "މޮޅެއް" ގެ ގޮތުގައި ޖާބިރު ސިފަ ކުރެއްވި އެވެ. ޖާބިރުގެ އެންމެ ބޮޑު އަމާޒެއްގެ ގޮތުގައި ފާހަގަ ކުރެއްވީ އިދިކޮޅު އެމްޑީޕީގެ ލީޑާޝިޕް ބަދަލު ކޮށްލައި އެޕާޓީގެ ރައީސްކަން ކުރެއްވުމެވެ. 

ކާށިދޫ ދާއިރާއަށް އަލަށް އިންތިހާބުވެ ވަޑައިގެންނެވި ކޮންގްރެސްގެ މުންތަޒިމް އިބްރާހިމްއަށް މަރުހަބާ ދަންނަވަމުން ޖާބިރު ވިދާޅުވީ، އާ މެންބަރަށް އެއްބާރުލުން ދެއްވާނެ ކަމަށެވެ. އަދި މުންތަޒިމްގެ ފަރާތުން ޖާބިރަށް އެއްބާރުލުން ދެއްވާނެކަން ޔަގީންކުރައްވާ ކަމަށް ވެސް ވިދާޅުވި އެވެ. 

އެމްޑީޕީގެ މެންބަރުންނަށް ޖާބިރު ދެއްވި މެސެޖް

"އެމްޑީޕީގެ ލީޑާޝިޕަށް ތައްޔާރަށޭ އަޅުގަނޑު މިހިރީ. އެމްޑީޕީގެ މެންބަރުންގެ މި ހިތާމާއިގައި އަޅުގަނޑު ބައިވެރިވާ ވާހަކަ ދަންނަވަމުން، ދަންނަވަން މި ޖެހެނީ އަޅުގަނޑާ ހަވާލު ކުރާށޭ ޕާޓީ." ޖާބިރު ވިދާޅުވެ އެވެ.

ނަވާރަ ވަނަ މަޖިލީހުގެ އިންތިހާބުގައި ޖާބިރު ފުރަތަމަ ވާދަ ކުރެއްވީ އެމްޑީޕީގެ ޓިކެޓުގަ އެވެ. އެ ފަހަރު އެމްޑީޕީގެ ޓިކެޓު ކާމިޔާބު ނުވުމުން، ގޮނޑި ކާމިޔާބު ކުރެއްވީ އަމިއްލަ ކެންޑިޑޭޓެއްގެ ގޮތުގައި ވާދަ ކުރައްވައިގެނެވެ. މިފަހަރުގެ އިންތިހާބުގައި ވެސް ފުރަތަމަ ނ\ުކުމެވަޑައިގަތީ އެމްޑީޕީ ކެންޑިޑޭޓެއްގެ ގޮތުގަ އެވެ. ނަމަވެސް އަހުލާގީ މައްސަލައަކާ ގުޅިގެން އެމްޑީޕީއިން ވަކިކުރުމުން ދެން ވާދަ ކުރެއްވީ އަމިއްލަ ގޮތުންނެވެ.

މިހާރު އަމަލުކުރާ ގާނޫނު އަސާސީގެ ދަށުން ބޭއްވި 2009 ގައި ބޭއްވި ފުރަތަމަ މަޖިލިސް އިންތިހާބުގައި ވެސް ކާށިދޫ ދާއިރާގެ މެންބަރުކަން ޖާބިރު ކުރެއްވި އެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.