އެއީ އަށް ރަށެއްގައެވެ. ފޮނަދޫ އާއި މާމެންދޫ އާއި ދަނބިދޫ އާއި މާބައިދޫ އާއި މުންޑޫ އާއި ގަމާއި އިސްދޫ އާއި ކަޅައިދޫ އަށެވެ.
ލާމު އަތޮޅުން ސަރުކާރު ހިންގާ ކޮންގްރެސްއަށް ލިބުނު ތިން ދާއިރާގެ ހުރިހާ ރަށެއްގައި ހަވާ އަރުވަން ނިންމައިފި އެވެ.
އިއްޔެ އޮތް އިންތިހާބު ގައި އިސްދޫ ދާއިރާ އާއި ފޮނަދޫ ދާއިރާ އާއި ގަމު ދާއިރާ އިން އިންތިހާބު ވީ ކޮންގްރެސްގެ ކެންޑިޑޭޓުންނެވެ.
ލާމު އަތޮޅަށް ނިސްބަތްވާ ޓޫރިޒަމް މިނިސްޓަރު އިބްރާހިމް ފައިސަލް ވިދާޅުވީ ލާމުން ސަރުކާރަށް ދިން ވަރުގަދަ ތާއީދު ފާހަގަކޮށް ރައްޔިތުންނަށް ޝުކުރު ދެންނެވުމުގެ ގޮތުން އުފާފާޅުކުރުމުގެ ހަރަކާތްތަކެއް ބޭއްވުމަށް ނިންމާފައިވާ ކަމަށެވެ. އެ ގޮތުން ތިން ދާއިރާގެ ހުރިހާ ރަށެއްގައި ހަވާ އަރުވާ އުފާފާޅު ކުރުން ކުރިއަށް ގެންދާނެ ކަމަށް ވެސް ވިދާޅުވި އެވެ.
އެއީ އަށް ރަށެއްގައެވެ. ފޮނަދޫ އާއި މާމެންދޫ އާއި ދަނބިދޫ އާއި މާބައިދޫ އާއި މުންޑޫ އާއި ގަމާއި އިސްދޫ އާއި ކަޅައިދޫ އަށެވެ. ހަވާ އަރުވާ އުފާފާޅު ކުރާނެ ތާރީހުތައް ފަހުން އިއުލަނު ކުރާނެ ކަމަށް ވެސް ފައިސަލް ވިދާޅުވި އެވެ.