ނިޒާމު އޮތީ ކެމްޕޭންގައި ދައުލަތުގެ ވަސީލަތް ބޭނުން ކުރެވޭ ގޮތަށް: ޓްރާންސްޕޭރެންސީ

ޓްރާންސްޕޭރެންސީ މޯލްޑިވްސް އިން ބުނި ގޮތުގައި އިއްޔެ ބޭއްވި އިންތިހާބުގެ ކެމްޕޭން ދުވަސްވަރު ދައުލަތުގެ ވަސީލަތްތަކާއި މުދާ ނަހަމަ ގޮތުގައި ބޭނުން ކުރިކަން އެ ޖަމިއްޔާއަށް ފާހަގަވި އެވެ.

ކޮންގްރެސް ޕާޓީއިން ބޭއްވި ކެމްޕޭން ނިންމާ ހިނގާލުން؛ ޓްރާންސްޕޭރެންސީއިން ބުނީ ކެމްޕޭނުގެ ތެރޭގައި އިންތިހާބަށް ނުފޫޒު ފޯރާނެ ކަންކަން ފާހަގަކުރެވުނު ކަމަށް -- ޔާމިން މުހައްމަދު / ދަ މިރާ

ރައްޔިތުންގެ މަޖިލިސް އިންތިހާބުގެ ކެމްޕޭން ދުވަސްވަރު ދައުލަތުގެ މުދަލާއި ވަސީލަތްތައް ނަހަމަގޮތުގައި ބޭނުންކޮށްފައިވާ ކަމަށް ބުނެ ޓްރާންސްޕޭރެންސީ މޯލްޑިވްސް އިން ކަންބޮޑު ވެއްޖެ އެވެ. 

އިއްޔެގެ އިންތިހާބަށް ފަހު ނެރުނު ނޫސްބަޔާނެއް ޓްރާންސްޕޭރެންސީން ބުނީ، ނިޒާމު އޮތީ ކެމްޕޭނުތަކުގައި ދައުލަތުގެ ވަސީލަތްތައް ބޭނުން ކުރެވޭ ގޮތަށް ކަމަށެވެ. އިންތިހާބަށް 48 ގަޑިއިރަށްވުރެ ކުޑަތަންވީ އިރުވެސް، އެފަދަ ކަންކަން ފާހަގަ ކުރެވެމުން ދިޔަ ކަމަށް އިންތިހާބު އޮބްޒާވްކުރުމުގައި ހަރަކާތްތެރިވި ޓްރާންސްޕޭރެންސީ މޯލްޑިވްސްގެ ބަޔާނުގައި ވެއެވެ.

"... ދައުލަތުގެ ވަސީލަތްތައް ނަހަމަ ގޮތުގައި ބޭނުން ކުރުމާއި ވޯޓު ގަތުން ފަދަ އިންތިހާބީ ކުށްތަކަށް ފާރަވެރިވެ، އަމިއްލަ އިސް ނެގުމުގެ މަތިން މޮނިޓާ ކުރުމަށާއި ތަހުގީގުކޮށް ދައުވާކޮށް މިފަދަ ކުށްތަކަށް އަރައިގަންނަ ފަރާތްތައް ޒިންމާދާރު ކުރުވޭނޭ ހަރުދަނާ ނިޒާމެއް ގެނައުމަށް މި ޖަމްއިއްޔާއިން އެންޓި ކޮރަޕްޝަން ކޮމިޝަނާއި ދިވެހި ފުލުހުންގެ ހިދުމަތް ހިމެނޭ ގޮތަށް ގޮވާލަމެވެ." ޓްރާންސްޕޭރެންސީގެ ބަޔާނުގައި ބުނެ އެވެ.

ޓްރާންސްޕޭރެންސީއަށް ފާހަގަކުރެވުނު ކަންކަން

  • 1.ސަރުކާރު ވުޒާރާތަކުގެ ރަސްމީ ސޯޝަލް މީޑިއާ އެކައުންޓްތަކުން 680 މިލިއަން ރުފިޔާގެ ހަ ތަރައްގީގެ މަޝްރޫއުއެއް ހަވާލުކުރުމަށް ބޭއްވި ރަސްމިއްޔާތުތަކުގެ މައުލޫމާތު އާންމުކުރުން
  • 2.ތިން ކައުންސިލެއްގެ އިހްތިސާސްއަށް ފަޅު ރަށްތަކެއް ބަދަލު ކުރުމަށް އިއުލާންކުރުމާއި، ވޯޓުލުން ކުރިއަށް ދަނިކޮށް ދެ ކައުންސިލެއްގެ އިހުތިސާސް ބަދަލުކުރުން
  • 3.ވޯޓް ފެށެން 20 ގަޑިއިރަށްވެފައި ވަނިކޮށް ކުރީ ސަރުކާރުތަކުގެ ގެދޮރުވެރިކަމުގެ މަޝްރޫއުތަކުން ގެދޮރުވެރިކަމުން "މަހުރޫމް" ކުރެވިފައިވާ ފަރާތްތަކަށް ގެދޮރުވެރިކަމާއި ހައުސިން ލޯނުތައް ހޯދައިދޭނެ ކަމަށް އިއުލާނު ކުރުން

އިއްޔެގެ އިންތިހާބު އޮބްޒާވްކުރުމަށް ޓްރާންސްޕޭރެންސީގެ ފަރާތުން ރާއްޖެ އަދި ކޮލަމްބޯގައި ހަރަކާތްތެރިވި އެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.