އުތީމުގައި އާ އިންޖީނުގެއެއް އެޅީ މީގެ 24 އަހަރުގެ ކުރީން ފެށިގެން ބޭނުން ކުރަމުން އައި އިންޖީނުގެ ވަރަށް ބޮޑަށް ބާވެ އާ އިންޖީނުގެއަކަށް ބޭނުން ވެގެނެވެ.
ސަރުކާރުން ތިލަންދުންމަތީ އުތުރުބުރި (ހއ. އަތޮޅު) އުތީމުގައި އެޅި އާ އިންޖީނުގެ ރަސްމީކޮށް މިއަދު ހުޅުވައިފި އެވެ. އުތީމު، އިންޖީނުގެ ރަސްމީކޮށް ހުޅުވައިދެއްވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހެވެ.
ރާއްޖޭގެ ގައުމީ ދުވަހު، އަދި ގައުމީ ބަތޮލު ނިސްބަތްވެ ވަޑައިގަންނަވާ އެ މަހާރަދުންގެ ރަށް، އުތީމުގެ އާ އިންޖީނުގޭގެ ކުރިމަތީ ބޭއްވި ހަފްލާގައި އިންޖީނުގެ ހުޅުވައިދެއްވުމުގެ ގޮތުން ނަންބޯޑްގެ ފަރުދާ ވަނީ ކައްސަވާލައި ދެއްވީ ރައީސެވެ. އަދި އެމަނިކުފާނު ވަނީ އުތީމު ކަރަންޓް ވިއުގަ ވެސް އިފްތިތާހު ކޮށްދެއްވާފަ އެވެ.
އުތީމުގައި އާ އިންޖީނުގެއެއް އެޅީ މީގެ 24 އަހަރުގެ ކުރީން ފެށިގެން ބޭނުން ކުރަމުން އައި އިންޖީނުގެ ވަރަށް ބޮޑަށް ބާވެ އާ އިންޖީނުގެއަކަށް ބޭނުން ވެގެނެވެ. އަދި ކުރީން ރަށަށް ކަރަންޓު ދިން އިންޖީނުގެ ރަށުތެރޭގައި ހުރުމުން އާންމުންނަށް އެކަން ވަރަށް ބޮޑު ދައްޗަކަށް ވެފައި އޮންނާތީ އެވެ.
އާ އިންޖީނުގެ އިމާރާތް ކޮށްފައިވަނީ އާންމުން ދިރިއުޅޭ ހިސާބާ ދުރުގަ އެވެ.
އުތީމު އާ އިންޖީނުގެ ޑިޒައިން ކޮށްފައިވަނީ 600 ވޯލްޓްގެ ހަތަރު ޖެެންސެޓް ބެހެެއްޓޭ ގޮތަށެވެ. މިވަގުތު ވެސް 1000 ވޯލްޓްގެ ކެޕޭސިޓީގެ އިންޖީނު ބަހައްޓާފައި ވެއެވެ.
އުތީމު ކައުންސިލްގެ ރައީސް އަބްދުﷲ ރަޝީދު ވިދާޅުވި ގޮތުގައި ރަށުގެ އިންޖީނުގެ ބާވުމާއި ބާ އެ އިންޖީނުގެ ރަށުތެރޭގައި ހުރުމުން ރައްޔިތުންނަށް ވަރަށް ބޮޑަށް ދަތިވާތީ އެ ޝަކުވާ މިދިޔަ ހުރިހާ ސަރުކާރެއްގެ ސަމާލު ކަމަށް އެ ކައުންސިލުން ގެންދިޔަ އެވެ. އެ މައްސަލައަށް ހައްލެއް ނައިސް އެތައް އަހަރެއް ވެއިތުވެގެން ދިއުމަށް ފަހު އާ އިންޖީނުގެއެއް ލިބި ރަސްމީވީ އެވެ.
އުތީމަށް އާ އިންޖީނުގެ އެއް 24 އަހަރު ފަހުން ލިބުމުން އުފާ ކުރަން އެކަމަކު އެހައި އެކަން ފަސްވެފައި އެއޮތީ އުތީމުން އެކަން ފަސް ކުރަން ބޭނުންވެފައި އޮތުމުން މީގެ ކުރީން ވެސް ރަށުޔެރެއިން އިންޖީނުގެ ގެންދަން އަދި އާ އިންޖީނުގެއެއް އަޅަން އުތީމުން ބޭނުންވި ނަމަ 24 އަހަރު ނުވެ އެކަން ފުރިހަމަވާނެ ކަންކަން ވަނީ ރަށް ވެސް ރައްޔޔަތް ވެސް އުޅެގެން ... ހިނި އާދޭތަ