ޔާސީނާ ވަރަށް ގާތުން އެމްޑީޕީގެ ކެންޑިޑޭޓް އަހްމަދު ޔާސިރު ވާދަކުރި އެވެ.
ޅަވިޔަނި އަތޮޅު ކަައުންސިލްގެ ރައީސް ޔާސީން އަބްދުﷲ، ނައިފަރު ދާއިރާގެ މެންބަރު ކަމަށް އިންތިހާބު ވެއްޖެ އެވެ.
އިއްޔެ އޮތް އިންތިހާބު ގައި ނައިފަރު ދާއިރާގެ ގޮނޑިއަށް ހަތް ކެންޑިޑޭޓުން ވާދަކުރި އެވެ.
ކޮންގްރެސްގެ ޓިކެޓްގައި ހައްސާން އަލިފުޅު ވާދަކުރިއިރު އެމްޑީޕީގެ ޓިކެޓްގައި ވާދަކުރީ އަހްމަދު ޔާސިރެވެ. ޔާސިން އާއި ޔޫސުފް އަބްދުﷲ އާއި އަހްމަދު ޝާހް އާއި މުހައްމަދު ނަސީމް (ނަފާ ނަސީމް) އާއި އަބްދުﷲ ނާހީ ވާދަކުރީ އަމިއްލަ ގޮތުންނެވެ.
އެންމެ ގިނަ ވޯޓާ އެކު ގޮނޑި ކަށަވަރު ކުރެއްވީ ޔާސީން އެވެ. ޔާސީން، އަމިއްލަ ގޮތުން ކުރިމަތިލީ ނަމަވެސް އޭނާ އަކީ ޕީޕީއެމް މެންބަރެކެވެ. ޅަވިޔަނި ރައީސް ކަމަށް އިންތިހާބުވީ ޕީޕީއެމްގެ ޓިކެޓް ގައެވެ.
މިއީ އަމިއްލަ ގޮތުން ކެންޑިޑޭޓަކު ނިކުމެ ނައިފަރު ގޮނޑި ކާމިޔާބު ކުރި ފުރަތަމަ ފަހަރެވެ. ޔާސީނާ ވަރަށް ގާތުން އެމްޑީޕީގެ ކެންޑިޑޭޓް އަހްމަދު ޔާސިރު ވާދަކުރި އެވެ. ކޮންގްރެސްގެ ކެންޑިޑޭޓް ހައްސާން އަލިފުޅު ވެސް ވަރަށް ވާދަކުރި އެވެ.
ތަފާތު ކެމްޕެއިނެއް ހިންގި ޔޫސުފަށް ލިބުނީ ހަތަރުވަނަ އެވެ. އިގްތިސާދީ ޕްރަގްރާމްތައް ހުށައެޅުމުން ވަރަށް ފާހަގަކޮށްލެވުނު ނަފާ ނަސީމަށް ލިބުނީ 32 ވޯޓާ އެކު ލަދުވެތި ނަތީޖާ އެކެވެ.
އަމިއްލަ ގޮތުން ކުރިމަތިލާގެން އެންމެ ފުރަތަމަ ބުރުގައި ޝިޔާމުވެސް ގޮނޑި ހޯދީ. ޔާސިރު ދިޔައީ 2 ވަނައަށް، ބާސް ތިނަކަށް.