ސަލީމް ނިކުންނެވީ ޕީއެންސީގެ ޓިކެޓް ގައެވެ. ގާސިމް ނިކުންނެވީ ޖުމްހޫރީ ޕާޓީގެ ޓިކެޓް ގަައެވެ. ސިޔާމް ނިކުންނެވީ އެމްޑީއޭގެ ޓިކެޓް ގައެވެ.
މިއަދު އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު ގައި ހިނގަމުން މިދާ 19 ވަނަ މަޖިލީހުގައި ދ. މީދޫ ދާއިރާގެ މެންބަރުކަން ކުރައްވާ އަހްމަދު ސިޔާމް މުހައްމަދު އާއި އޭދަފުށީ ދާއިރާގެ މެންބަރު އަހްމަދު ސަލީމް އާއި މާމިގިލީ ދާއިރާގެ މެންބަރު ގާސިމް އިބްރާހިމް ކާމިޔާބު ހޯއްދަވައިފި އެވެ.
މި ތިން މެންބަރުން ވެސް އާ މަޖިލީހަށް ވާދަކުރެއްވީ އެ މެންބަރުން މިހާރު ވެސް ފުރުއްވަމުން ގެންދަވާ ދާއިރާއަށެވެ. ގާސިމް އާއި ސިޔާމް އަދި ސަލީމް ވެސް އިންތިހާބު ކާމިޔާބު ކުރައްވާ އައު ދައުރެއް ކަށަވަރު ކުރައްވާފައެވެ.
ވިޔަފާރީގައި ވަރަށް ފާހަގަކޮށްލެވޭ މި ތިން ބޭފުޅުންނަކީ މަޖިލީހުގައި އެންމެ ގިނަ ދުވަސްވީ މެންބަރުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ މެންބަރުންނެވެ. ގާސިމަކީ ޖުމްހޫރީ ޕާޓީގެ ލީޑަރެވެ. ސިޔާމަކީ އެމްޑީއޭގެ ރައީސެވެ. ސަލީމަކީ ޕީޕީއެމްގެ ޕީޖީ ލީޑަރެވެ.
އެ ތިން ބޭފުޅުން ވެސް އިންތިހާބަށް ނިކުންނެވީ ރައީސް މުއިއްޒުގެ ފުރިހަމަ ތާއީދާ އެކު އެވެ. ސަލީމް ނިކުންނެވީ ޕީއެންސީގެ ޓިކެޓް ގައެވެ. ގާސިމް ނިކުންނެވީ ޖުމްހޫރީ ޕާޓީގެ ޓިކެޓް ގަައެވެ. ސިޔާމް ނިކުންނެވީ އެމްޑީއޭގެ ޓިކެޓް ގައެވެ.