މިއަދު އޮތް އިންތިހާބު ގައި އެމްޑީޕީގެ ވަރަށް އިސް ބޭފުޅުންނަށް ނާކާމިޔާބީއާ ކުރިމަތިލާން ވަނީ ޖެހިފައެވެ. އަދި ކޮންގްރެސްގެ ޓިކެޓް ގައި ނިކުންނެވި ވަރަށް ޒުވާން ގިނަ ކެންޑިޑޭޓުން ވަނީ އިންތިހާބު ކާމިޔާބު ކުރައްވާފަ އެވެ.
މިއަދު އޮތް ރައްޔިތުންގެ މަަޖިލީހުގެ އިންތިހާބު ގައި ސަރުކާރު ހިންގާ ކޮންގްރެސް ޕާޓީން ބޮޑު އަޣުލަބިއްޔަތެއް ހޯދާ ސުޕަ މެޖޯރިޓީ ހޯދާނެ ކަމަށް ވަރަށް ބޮޑަށް ބެލެވިއްޖެ އެވެ.
މިއަދުގެ އިންތިހާބުގެ ނަތީޖާ މިހާތަނަށް ފެންނަ ގޮތުން ވަރަށް ހައިރާން ކުރަނިވި ނަތީޖާ އަކުން ކުރީގައި އޮތީ ކޮންގްރެސް އެވެ. މާލެ ސިޓީއާ އައްޑޫ ސިޓީއާ ފުވައްމުލަކު ސިޓީއާ ތިނަދޫ ސިޓީއާ ކުޅުދުއްފުށި ސިޓީގެ އަގުލަބިއްޔަތު ވެސް ހޯދާނީ ކޮންގްރެސް އިން ކަމަށް ބެލެވެ އެވެ.
އަދި ވަރަށް ގިނަ ދާއިރާތަކެއް ގައި ކޮންގްރެސްގެ ކެންޑިޑޭޓުން ވަނީ ކުރި ހޯދާފައެވެ. މިއީ ވަރަށް ތާރީހީ / ބޮޑު ކާމިޔާބެކެވެ.
މި ނަތީޖާ އަކީ ކުރީން އެއްގޮތަކަށް ވެސް ހީކުރެވިފައި އޮތް ނަތީޖާއެއް ނޫނެވެ. މިއަދު އޮތް އިންތިހާބު ގައި އެމްޑީޕީގެ ވަރަށް އިސް ބޭފުޅުންނަށް ނާކާމިޔާބީއާ ކުރިމަތިލާން ވަނީ ޖެހިފައެވެ. އަދި ކޮންގްރެސްގެ ޓިކެޓް ގައި ނިކުންނެވި ވަރަށް ޒުވާން ގިނަ ކެންޑިޑޭޓުން ވަނީ އިންތިހާބު ކާމިޔާބު ކުރައްވާފަ އެވެ.