ޔަތަލް އަތްދަށުވެ ބިގޭގެ މަޖިލީހުގެ ދައުރު ނިމިއްޖެ

އިތުރު ދައުރެއް ހޯއްދަވަން އިންތިހާބު ގައި ވާދަ ކުރެއްވި ބިގޭ އަކީ އެމްޑީޕީގެ ޕީޖީ ގުރޫޕާއި ޕާޓީގައި ވެސް މިވަގުތު އެންމެ ސީނިއާ އެއް ބޭފުޅެވެ.

އަލިފުށީ ދާއިރާގެ އިންތިހާބީ މެންބަރު އަބްދުލްލަތީފް އަބްދުއްރަހްމާން (ޔަތަލް) އަދި މިހާރުގެ މެންބަރު މުހައްމަދު ރަޝީދު ހުސައިން (ބިގޭ)

މިއަދު އޮތް ވިހިވަނަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު ގައި އަލިފުށީ ދާއިރާގެ ގޮނޑި ޕީއެންސީގެ ކެންޑިޑޭޓް އަބްދުލްލަތީފް އަބްދުއްރަހްމާން (ޔަތަލް) ކާމިޔާބު ކުރައްވައިފި އެވެ.

ޔަތަލް، އަލިފުށީ ދާއިރާގެ ގޮނޑި ކާމިޔާބު ކުރެއްވީ އެ ދާއިރާގެ މިހާރުގެ މެންބަރު މުހައްމަދު ރަޝީދު ހުސައިން (ބިގޭ) އާ ވާދަ ކުރައްވަ އެވެ. އަލިފުށީ ދާއިރާގެ މެންބަރު ކަން ދެ ދައުރު ކުރައްވާފައިވާ ބިގޭ ވަނީ ރ އަތޮޅުގެ މެންބަރު ކަން ވެސް ކުރައްވާފައެވެ.

އިތުރު ދައުރެއް ހޯއްދަވަން އިންތިހާބު ގައި ވާދަ ކުރެއްވި ބިގޭ އަކީ އެމްޑީޕީގެ ޕީޖީ ގުރޫޕާއި ޕާޓީގައި ވެސް މިވަގުތު އެންމެ ސީނިއާ އެއް ބޭފުޅެވެ. 

ޔަތަލް އަކީ މަޖިލީހަށް އައު ނަމަވެސް އަލިފުށީގައި ސިޔާސީ ގޮތުން ވަރަށް ފާހަގަ ކޮށްލެވޭ ބޭފުޅެކެވެ. އޭނާ ޕީއެންސީގެ ޓިކެޓް ހޯއްދެވީ ޕާޓީގެ ޕްރައިމަރީންނެވެ. އޮޑިދޯނި ބަނުމުގެ މަސައްކަތުގައި ކުރީން އުޅުނު ޔަތަލް އަކީ ޕީޕީއެމް / ޕީއެންސީއަށް އެންމެ ދަތިވި ވަގުތު އަލިފުށީ ގައި ދެ ޕާޓީ ނެގެހެއްޓުމަށް އެންމެ އިސް ދައުރެއް އަދާކުރި މެންބަރެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.