ހިންނަވަރު ދާއިރާއަށް ވާދަ ކުރެއްވީ ޕީއެންސީގެ ކެންޑިޑޭޓް މުހައްމަދު އަބްދުއްރަހްމާނާއި އެމްޑީޕީގެ ކެންޑިޑޭޓް ޖީހާން މަހްމޫދެވެ. ޖީހާން އަކީ މިހާރު ވެސް އެ ދާއިރާގެ މެންބަރެވެ.
މަޖިލީހުގެ ހިންނަވަރު ދާއިރާގެ ގޮނޑި ޕީއެންސީގެ ކެންޑިޑޭޓް މުހައްމަދު އަބްދުއްރަހްމާން ކާމިޔާބު ކުރައްވައިފި އެވެ.
ހިންނަވަރު ދާއިރާއަށް ވާދަ ކުރެއްވީ ޕީއެންސީގެ ކެންޑިޑޭޓް މުހައްމަދު އަބްދުއްރަހްމާނާއި އެމްޑީޕީގެ ކެންޑިޑޭޓް ޖީހާން މަހްމޫދެވެ. ޖީހާން އަކީ މިހާރު ވެސް އެ ދާއިރާގެ މެންބަރެވެ.
ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ކޮއްކޯފުޅު، ޖީހާން މަހްމޫދު މި އިންތިހާބުން ބަލިވުމަކީ ސިޔާސީ ގޮތުން އެ ރަށަށް އައި ބޮޑު ބަދަލެކެވެ. ޖީހާންގެ ކުރީން ފަސް ދައުުރު ހިންނަވަރު ދާއިރާގެ މެންބަރު ކަން ކުރެއްވީ ރައީސް ސޯލިހެވެ. ދެވަނަ ފަހަރަށް ޖީހާނަށް ގޮނޑި ހޯއްދަވައި ދެއްވުމަށް ރައީސް ސޯލިހް ވަނީ ކެމްޕެއިން ގައި ދެ ފަހަރު މަތީން ހިންނަވަރަށް ވަޑައިގެން ވަރުގަދަ ކެމްޕެއިނެއް ހިންގަވާފައެވެ.
ކުރީން ވެސް ބެލެވިފައި އޮތީ މި ފަހަރު ކުޑަ ތަފާތަކުން ނަމަވެސް ހިންނަވަރު ގޮނޑި ޕީއެންސީން ކާމިޔާބު ކުރާނެ ކަމަށެވެ.