ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ދެކަނބަލުންނަށް މަރުހަބާ ދެންވެމުގެ ގޮތުން އުތީމު ރައްޔިތުންގެ ފަރާތުން ރޭ ވަނީ ކޭމުގެ ޖާފަތެއް އަރުވާފަ އެވެ. އުތީމުގެ ފަހުރު ކަމުގަައިވާ ގަނޑުވަރުގެ އަށިގޭގައި އޮތް ޖާފަތަށް ރައީސްގެ ދެކަނބަލުންނާއި މިނިސްޓަރުންނާއި ސަރުކާރުގެ އިސްވެރީން ވަޑައިގެންނެވީ ސަގާފީ ހެދުމުގައެވެ.
ގައުމީ ދުވަހުގެ ރަސްމީ ޖަލްސާގައި ބައިވެރިވެވަޑައިގަތުމަށާއި ގައުމީ ދުވަހުގެ ދިދަ ނެގުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށް ދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް، ހއ. އުތީމަށް ވަޑައިގަތީ އިއްޔެ ހަވީރު އެވެ. އެމަނިކުފާނުގެ އަރިހުގައި އަނބިކަނބަލުން ފަޒްނާ އަހުމަދާއި ބައެއް ވަޒީރުންނާއި ކުންފުނިތަކުގެ އިސްވެރިން ވަޑައިގެންނެވި އެވެ. ރައީސްގެ ދެކަނބަލުންނަށް މަރުހަބާ ދެންވެމުގެ ގޮތުން އުތީމު ރައްޔިތުންގެ ފަރާތުން ރޭ ވަނީ ކޭމުގެ ޖާފަތެއް އަރުވާފަ އެވެ. އުތީމުގެ ފަހުރު ކަމުގަައިވާ ގަނޑުވަރުގެ އަށިގޭގައި އޮތް ޖާފަތަށް ރައީސްގެ ދެކަނބަލުންނާއި މިނިސްޓަރުންނާއި ސަރުކާރުގެ އިސްވެރީން ވަޑައިގެންނެވީ ސަގާފީ ހެދުމުގަ އެވެ. ޖުމްލަ 10 ކޭން ރޭ ގަނޑުވަރުގެ އަށިގެއަށް ނެރުނެވެ. ރައީސްގެ ދެކަނބަލުން ވަނީ އަށިގެއަށް ކޭން ގެންދާ މަންޒަރު ބައްލަވާލައްވާފަ އެވެ. އޭގެ ފަހުން ޖާފަތުގައި ބައިވެރިވެވަޑައިގަތެވެ. އުތީމު ރައްޔިތުންގެ ފަރާތުން ރޭ ވަނީ ސަގާފީ ޝޯއެއްވެސް ގަނޑުވަރު ކުރިމަތީގައި ބާއްވާފަ އެވެ.