އައިފޯނު 14 އިގެ ބައެއް އިންޑިއާގައި އުފައްދާނެ

ޖޭޕީމޯގަން އެނަލިސްޓުން މިދިޔަ ހަފުތާގައި ނެރުނު ނޯޓެއްގައި ބުނެފައި ވަނީ 2025 ވަނަ އަހަރުގެ ނިޔަލަށް ނެރޭ އައިފޯނުތަކުގެ ތެރެއިން އެއް އައިފޯނު އިންޑިއާގައި އުފައްދާފާނެ އެވެ.

އެޕަލްގެ އައިފޯނު 14 އިގެ ފޯނެއް: މި ފޯނުގެ ޕްރޮޑަކްޝަންގެ މިންވަރެއް އިންޑިއާގައި އުފައްދާނެ

އެޕަލް ކުންފުނީގެ އާ އުފެއްދުން، އައިފޯނު 14 އިގެ ޕްރޮޑަކްޝަން ބައެއް އިންޑިއާގައި އުފައްދާނެ ކަމަށް އެ ކުންފުނިން ބުނެފި އެވެ. އިއްޔެ އެޕަލް އިން ވަނީ އެކަން އިއުލާނު ކޮށްފަ އެވެ. ހޯމަ ދުވަހު އެޕަލް އިން ނެރުނު ބަޔާނެއްގައި ބުނީ އެންމެ ފަހުގެ އައިފޯން 14، އިންޑިއާގައި އުފައްދާނެ ކަމަށާއި އެ އަމާޒަށް ދަނީ ޓެކް ޖަޔަންޓް، އެ ކުންފުނިން އުފައްދާ ބައެއް އުފެއްދުންތައް ޗައިނާއާ ދުރަށް ގެންދާން ފަށާފައި ވާތީ ކަމަށެވެ.

އެޕަލް އިން މި މަހުގެ ކުރީކޮޅު ބޭއްވި "އެޕަލް އިވެންޓް" ގައި އެ މީހުންގެ ފްލެގްޝިޕް އައިފޯން 14 ނެރުނުއިރު، އެޑްވެންޗާ ފޯކަސް ކޮށްފައިވާ އާ ގަޑިއެއް ފިޔަވައި ފްލެގްޝިޕް އާ ޓެކްނިކަލް ސްޕެސިފިކޭޝަންތަކަށް ވުރެ ބޮޑަށް ސޭފްޓީ އަޕްގްރޭޑް ކުރުމަށް ފޯކަސް ކުރި އެވެ.

"އާ އައިފޯން 14 ލައިންއަޕްގައި އާ ޓެކްނޮލޮޖީތަކާއި މުހިންމު ސޭފްޓީ ކެޕޭސިޓީތައް އިންދާ، ތައާރަފު ކޮށްފައިވޭ. އިންޑިއާގައި އައިފޯން 14 އުފެއްދުމަށް އަޅުގަނޑުމެން މިތިބީ ވަރަށް ފޯރީގައި،" އެޕަލްގެ ބަޔާނުގައި ވެއެވެ.

ޖޭޕީމޯގަންގެ އެނަލިސްޓުން ލަފާ ކުރާ ގޮތުގައި އެޕަލް އިން އައިފޯން 14 އުފެއްދުމުގެ ފަސް ޕަސެންޓް 2022 ވަނަ އަހަރުގެ ފަހުކޮޅު އިންޑިއާއަށް ބަދަލުކުރާނެ އެވެ. މިއީ ޗައިނާއަށް ފަހު ދުނިޔޭގެ ދެވަނައަށް އެންމެ ބޮޑު ސްމާޓް ފޯނު މާކެޓެވެ.

ޖޭޕީމޯގަން އެނަލިސްޓުން މިދިޔަ ހަފުތާގައި ނެރުނު ނޯޓެއްގައި ބުނެފައި ވަނީ 2025 ވަނަ އަހަރުގެ ނިޔަލަށް ނެރޭ އައިފޯނުތަކުގެ ތެރެއިން އެއް އައިފޯނު އިންޑިއާގައި އުފައްދާފާނެ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.