"މި ސަރުކާރުން މި ކުރަނީ ކީއްތޯ، މި ރައީސް މި ކުރައްވަނީ ކީއްތޯ،" ރައީސް މުއިއްޒު ވެސް ދައުލަތުގެ ވަސީލަތް ނަަހަމަ ގޮތުގައި ބޭނުން ކުރައްވާ ކަމަށް ތުހުމަތު ކުރައްވާ ޔާމިން ރޭ ވިދާޅުވި އެވެ.
މަޖިލީހަށް އިންތިހާބަށް ސަރުކާރުން ދަނީ ދައުލަތުގެ ވަސީލަތްތައް ބޭނުން ކުރަމުން ކަމަށާ މިހާތަނަށް އެއްވެސް ސަރުކާރަކުން އެ މިންވަރަށް ދައުލަތުގެ ވަސީލަތްތައް ބޭނުން ކޮށްފައި ނުވާ ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެ އެވެ.
ރޭ އޮތް ޕީއެންއެފްގެ ޖަލްސާ ގައި ރައީސް ޔާމީން ވިދާޅުވީ އޭރު އިދިކޮޅުގައި ތިބެ އެންމެ ބޮޑަށް ކަންބޮޑުވުން ފާޅުކުރީ އޭރުގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް، ރިޔާސީ އިންތިހާބާއި މަޖިލީސް އިންތިހާބަށް ދައުލަތުގެ ވަސީލަތްތައް ބޭނުން ކުރުމުން ކަމަށެވެ. ރިޔާސީ އިންތިހާބަށް ދައުލަތުގެ ވަސީލަތްތައް ނަހަމަގޮތުގައި ރައީސް ސޯލިހް ބޭނުން ކުރެއްވިކަން ކޮމަންވެލްތުން ވެސް ފާހަގަކޮށްފައިވާ ކަމަށް ވިދާޅުވި އެވެ.
"މި ސަރުކާރުން މި ކުރަނީ ކީއްތޯ، މި ރައީސް މި ކުރައްވަނީ ކީއްތޯ،" ރައީސް މުއިއްޒު ވެސް ދައުލަތުގެ ވަސީލަތް ނަަހަމަ ގޮތުގައި ބޭނުން ކުރައްވާ ކަމަށް ތުހުމަތު ކުރައްވާ ޔާމިން ރޭ ވިދާޅުވި އެވެ.
ޔާމީން ވިދާޅުވީ ވެރިކަމަށް ހުންނަވާ ބޭފުޅަކު ރަށްރަށަށް މަޝްރޫއުތަކެއް ހިފައިގެން ދިއުމަކީ މައްސަލައެއް ނޫން ކަމަށެވެ. ނަމަވެސް މި ދުވަސްވަރު ރައީސް މުއިއްޒު އަބަދުހެންް އަތޮޅުތެރޭގައި ކުރައްވަނީ އެ މަސައްކަތްތޯ ސުވާލު ކުރެއްވި އެވެ. އަދި ވިދާޅުވީ ގައުމީ ބޮޑެތި މަސައްކަތް ހުއްޓާ ވެރިރަށް ދޫކޮށް ރައީސް މުއިއްޒު މުޅީން އަތޮޅުތެރޭގައި އުޅުއްވަނީ ކެމްޕެއިން ގައި ކަމަށެވެ. އަދި އެކަމަށް ދައުލަތުގެ ވަސީލަތްތައް ބޭނުން ކުރަމުންދާ ކަމަށެވެ.
"މި ބޭނުން ކުރަނީ ދައުލަތުގެ ވަސީލަތް. އަނެއްކާ ވަޑައިގަންނަވަނީ މަދު ބޭފުޅުންކޮޅެއް ނޫން،"
އަދި ވިދާޅުވީ ދައުލަތުގެ ވަސީލަތްތައް ބޭނުން ކުރަމުން ދަނީ މިއިން ސަރުކާރެއް ގައި ބޭނުން ނުކުރާ މިންވަރަށް ކަމަށެވެ.