އެއީ މިސްކިތު ދަރުސްގެ 139 ޕްރަގްރާމާއި ނުވަ ފޯރަމާއި ބޮޑު ދަރުސް ސިލްސިލާގެ 13 ޕްރަގްރާމާއި 15 ސެޝަން އަދި ތިން ވޯކްޝޮޕެވެ.
ނިމިގެންދިޔަ ރަމަޟާން މަހު ޖަމިއްޔަތުއް ސަލަފުން މާލެއާ އަތޮޅުތަކުގައި 179 ދީނީ ހަރަކާތް ބާއްވާފައިވާ ކަމަށް އެ ޖަމިއްޔާ އިން ބުނެފި އެވެ.
ސަލަފު ޖަމިއްޔާ އަކީ ދިވެހީންގެ ދީނީ ހޭލުންތެރި ކަމަށް އެންމެ ފުޅާ ދާއިރާއެއް ގައި މަސައްކަތް ކުރާ ޖަމިއްޔާ އެވެ. އިސްލާމީ ކަންކަމަށް ހާއްސަ ވުޒާރާ އަށް ވުރެ ވެސް ދީނީ ހޭލުންތެރިކަން އިތުރު ކުރުމުގެ މަސައްކަތު ގައި ސަލަފުގެ ދައުރު ބޮޑުވެފައި ފުޅަލެވެ.
މުޅި އަހަރަށް ބަލާހައިގެން ކޮންމެ އަހަރަކު އެތައް ސަތޭކަ ޕްރަގްރާމްތަކެއް ހިންގަ އެވެ. ހާއްސަކޮށް ރަމަޟާން މަހަށް އެ މަސައްކަތް ފުޅާކުރެ އެވެ. ސަލަފުން ބުނި ގޮތުގައި ނިމިގެންދިޔަ ރަމަޟާން މަހު އެ ޖަމިއްޔާ އިން ވަނީ ދީނީ އެކި ޕްރަގްރާމްތަކާއި ހަރަކާތްތައް ހިންގުމަށް 58 ރަށަކަށް ދަތުރުކޮށް ފައެވެ. ޖުމްލަ 179 ޕްރަގްރާމް ހިންގާފައިވެ އެވެ.
އެއީ މިސްކިތު ދަރުސްގެ 139 ޕްރަގްރާމާއި ނުވަ ފޯރަމާއި ބޮޑު ދަރުސް ސިލްސިލާގެ 13 ޕްރަގްރާމާއި 15 ސެޝަން އަދި ތިން ވޯކްޝޮޕެވެ. ސަލަފުން ވަނީ މި އަހަރު ވެސް ރަމަޝާން މަހަށް ހާއްސަކޮށް ފުރުގާން މިސްކިތު ގައި ސިލްސިލާ ދަރުސްތައް ކުރިއަށް ގެންގޮސްފައެވެ.
މީގެ އިތުރުން އެހެން ޖަމިއްޔާ ޖަމާއަތްތަކުން ހިންގި ހަރަކާތްތަކަށް އެހީތެރިކަން ފޯރުކޮށްދީ އެ ޖަމާއަތުގެ އިލްމުވެރީން ވަނީ އެ ހަރަކާތްތަކުގައި ބައިވެރިވެފައެވެ.
ކޮންމެ ދުވަހަކު އިސްލާމީ މަރުކަޒުގައި ރޯދަ ވީއްލޭނެ އިންތިޒާމު ވެސް ހަމަޖެއްސި އެވެ. މީގެ އިތުރުން ހުޅުމާލޭގެ ހިޔާ އަވަށުގައި -- އަބީބަކުރުސިއްދީގު މިސްކިތު ގައި ވެސް ރޯދަ ވީއްލޭނެ އިންތިޒާމު ހަމަޖެއްސި އެވެ. އަދި އައިޖީއެމްއެޗާއި ހުޅުމާލެ ހޮސްޕިޓަލް ގައި ތިބި ބަލި މީހުންނަށް ރޯދަ ވީއްލަން ތަކެތި ފޮނުވައެވެ.
ދިވެހީންގެ މެދުގައި އެންމެ މަގުބޫލު އިލްމުވެރީން ނިސްބަތް ވަނީ ޖަމިއްޔަތުއް ސަލަފަށެވެ.