މަގުތަކުން ފެން ހިނދި އާންމު ހާލަތަކަށް އަންނަންދެން މަގުތަކަށް ކުނި ނުނެރުމަށާ ބަރު އުޅަނދު ނުދުއްވަން ފުލުހުން ވަނީ އެދިފައެވެ.
މާލެ ސިޓީގެ މަގުތަކުގައި ބޮޑުވެފައިވާ ފެންގަނޑު ނުހިދެނީސް ކުނި ނުނެރުމަށާ ބަރު އުޅަނދު ނުދުއްވަން އެދިއްޖެ އެވެ.
ދިވެހި ފުލުހުންގެ ހިދުމަތުން ބުނީ ވާރޭވެހި މާލޭގެ މަގުތަކުގައި ފެންބޮޑުވެ ބައެއް ގޭގެއަށް ފެން ވަނުމުުގެ ހާދިސާތައް ހިނގަމުންދާ ކަމަށެވެ. އެހެން ކަމުން މަގުތަކުން ފެން ހިނދި އާންމު ހާލަތަކަށް އަންނަންދެން މަގުތަކަށް ކުނި ނުނެރުމަށާ ބަރު އުޅަނދު ނުދުއްވަން ފުލުހުން ވަނީ އެދިފައެވެ.
އަދި ޒަރޫރީ ބޭނުމަށް ނޫނީ ހަތަރުފުރޮޅުލީ އުޅަނދު ނުދުއްވަން ވެސް އެދިފައިވެ އެވެ.
މިއަދު ހަވީރު މާލެއަށް ކުރި ވިއްސާރާގައި މާލޭގެ ބޮޑު ސަރަހައްދެއް ގައި ވަނީ ފެންބޮޑުވެފައެވެ. ސިފައިން ގެންދަނީ ފެން ހިދުމާއި ފެން ވަނަ ނުދިނުމަށް ގޭގޭގައި ވެލި ބަސްތޭ ޖެހުމުގެ މަސައްކަތް ވެސް ކުރަމުންނެވެ.