ޖަލްސާއަށް ހުރަސް އެޅީ ހުއްދަ ނުނަގާ އޮތީމަ ސްކޫލް ރައްކާތެރިކުރަން: ފުލުހުން

"އެކަން ތަންފީޒުކުރުމަށް، މިނިސްޓްރީގެ ފަރާތުން ފުލުހުންގެ އެހީތެރިކަމަށް އެދިފައިވާތީ، އެސްކޫލުގައި މިވަގުތު ކުރިއަށްދާ އެއްވުމަށް ފުލުހުންދަނީ އެޓެންޑް ކުރަމުން." ޝިފާން ވިދާޅުވި އެވެ.

ޣިޔާސުއްދީން ސްކޫލު ކައިރީ ޕީއެންއެފްގެ ސަޕޯޓަރުން މުޒާހަރާ ކުރަނީ --

ޕީޕަލްސް ނެޝަނަލް ޕްރަންޓް (ޕީއެންއެފް) އުފައްދާ ޖަލްސާ މިރޭ ޣިޔާސުއްދީން ސްކޫލުގައި ބާއްވަން އުޅުނު ނަމަވެސް ފުލުހުން ނުކުމެ ހުރަސް އެޅީ އެޑިއުކޭޝަން މިނިސްޓްރީން އަންގައިގެން ކަމަށް ފުލުހުން ބުނެފި އެވެ.

ޕީއެންއެފް އުފައްދާ ޖަލްސާ ފަށަން އޮތީ މިރޭ 9:00 އަށެވެ. ނަމަވެސް ޖަލްސާއަށް ދިޔައިރު ފުލުހުން ތިބީ ގޭޓު ބަންދުކޮށްގެން ގޭޓު ކުރިމަތީ އެވެ. ފުލުހުން ބުނެފައި ވަނީ ޖަލްސާ ބާއްވަން އުޅެނީ އެޑިއުކޭޝަން މިނިސްޓްރީން ހުއްދަ ނުނަގާ ކަމަށެވެ.

މިކަމާ ގުޅިގެން ފުލުހުންގެ ތަރުޖަމާނު އަހުމަދު ޝިފާން ވިދާޅުވީ ޕީއެންއެފް އިން ޖަލްސާ ބާއްވަން އުޅެނީ ހުއްދަ ހޯދައިގެން ނޫން ކަމަށެވެ. އެހެންވެ، ސްކޫލްގެ ރައްކާތެރިކުރުމަށް އެޑިއުކޭޝަން މިނިސްޓަރީން އެދިފައިވާ ކަމަށެވެ.
 
"އެކަން ތަންފީޒުކުރުމަށް، މިނިސްޓްރީގެ ފަރާތުން ފުލުހުންގެ އެހީތެރިކަމަށް އެދިފައިވާތީ، އެސްކޫލުގައި މިވަގުތު ކުރިއަށްދާ އެއްވުމަށް ފުލުހުންދަނީ އެޓެންޑް ކުރަމުން." ޝިފާން ވިދާޅުވި އެވެ.

އެހެންނަމަވެސް އެ ޕާޓީން ބުނަނީ ސްކޫލާ އެކު އެއްބަސްވުން ހަދާފައިވާ ކަމަށެވެ. އެއީ ޕްރައިވެޓް ސްކޫލަކަށްވާތީ މިނިސްޓްރީއާއެކު އެއްބަސްވުން ހަދަން ނުޖެހޭނެ ކަމަށެވެ.

ޝިފާން ވިދާޅުވީ މިއަދު 6:42 ގައި މިނިސްޓްރީގެ ފަރާތުން ފުލުހުންނަށް އެކަން ހުށަހަޅާފައިވާ ކަމަށެވެ. އަދި، މި ޖަލްސާ ހުއްޓުވަން ޣިޔާސުއްދީން ސްކޫލުން ވެސް އެދިފައިވާ ކަމަށެވެ.

ޣިޔާސުއްދީން ސްކޫލު ކައިރީ ޕީއެންއެފްގެ ސަޕޯޓަރުން މުޒާހަރާ ކުރަނީ --

ޖަލްސާއަށް ހުރަސް އެޅުމުން ޕާޓީ މެމްބަރުން ދަނީ ސްކޫލް ސަރަހައްދުގައި މުޒާހަރާ ކުރަމުންނެވެ. އަދި ފުލުހުން ހުރަސް އަޅަމުން ދަނިކޮށް ސްކޫލްގެ ތެރެއަށް ވަދެގަނެފަ އެވެ. ޖަލްސާގައި ބައިވެރިވުމަށް ވަރަށް ގިނަ މީހުން ވަނީ އެއްވެފަ އެވެ.

ފުލުހުން ވަނީ އެއްވެފައި ތިބި މީހުން ދުރުކުރަން ބާރުގެ ބޭނުން ވެސް ކޮށްފަ އެވެ.

މިރޭ ޖަލްސާ ފެށުމަށް ސްކޫލުގެ ހޯލު ވެސް ވަނީ ތައްޔާރުކޮށްފަ އެވެ. އެތަން ތައްޔާރު ކުރެވޭނީ ހުއްދަ އޮވެގެން ކަމަށް ޕާޓީގެ އިސް ބޭފުޅުން ވިދާޅުވެ އެވެ. ނަމަވެސް ފުލުހުން ހުރަސްއަޅާފައި ވަނީ ޖަލްސާ ފެށޭ ވަގުތު ކައިރިވެފައި ވަނިކޮށެވެ.

ޣިޔާސުއްދީސް ސްކޫލް ހޯލަކީ އަބަދުވެސް ސިޔާސީ ޖަލްސާތައް ބާއްވާ ހޯލެކެވެ. ބޮޑެތި ސިޔާސީ އިވެންޓްތައް އެތަނުގައި މީގެ ކުރިން ވެސް ބާއްވާފައިވެ އެވެ. އެގޮތުން އެންމެ ފަހުން އުފެއްދި ދަ ޑިމޮކްރެޓްސް އަދި އޭގެ ކުރިން އުފެއްދި މޯލްޑިވްސް ނޭޝަނަލް ޕާޓީ (އެމްއެންޕީ) ގެ ޖަލްސާ ވެސް ބޭއްވީ އެ ހޯލުގަ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.