މި ބިޔަ މަޝްރޫއުގެ ދަށުން ހަނިމާދޫގައި 2.46 ކިލޯމީޓަރުގެ އާ ރަންވޭއަކާއި ޓާމިނަލެއް އަޅާނެ އެވެ. މީގެ އިތުރުން ތެޔޮ ރައްކާ ކުރެވޭ ފިއުލް ފާމެއް ވެސް އަޅާނެ އެވެ. ހަނިމާދޫ އެއާޕޯޓް ތަރައްގީ ކުރަނީ އަހަރަކު 1.3 މިލިއަން ފަސިންޖަރުންނަށް ހިދުމަތް ދެވޭ ގޮތަށް އެންމެ މަތީ ފެންވަރުގަ އެވެ.
ވެރިރަށް ހިމެނޭ މާލޭ ސިޓީން ނެއްޓި މިހާތަނަށް ހިންގާ އެންމެ ބިޔަ ބޮޑު މަޝްރޫއުގެ ގޮތު، އުތުރުގެ ހދ. ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓް ތަރައްގީ ކުރަން ރީޖަނަލް އެއާޕޯޓްސް ކޮމްޕެނީއާ އިންޑިއާގެ ޖޭއެމްސީ ކުންފުންޏާއެކު ސޮއި ކޮށް ތާރީހުގެ ތެރެއަށް ވަދެއްޖެ އެވެ.
މާލޭގެ "މީރުމާ" ބިލްޑިންގައި މިރޭ ބޭއްވި ރަސްމިއްޔާތެއްގައި ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރުގެ އިތުރުން އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއީލާއި އިންޑިއާގެ ސަފީރު ސަފީރު މުނޫ މަހާވަރް އަދި މަޖިލީހުގެ ބައެއް މެންބަރުންނާއި ހަނިމާދޫ ކައުންސިލް އަދި ރީޖަނަލް އެއާޕޯޓްސް ކުންފުނީގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ރިޒްވީ ބައިވެރިވެވަޑައިގަތެވެ. މި އެއްބަސްވުމުގައި ރީޖަނަލް އެއާޕޯޓްސް ކުންފުނީގެ ފަރާތުން ސޮއި ކުރެއްވީ ވެސް އެމްޑީ ރިޒްވީ އެވެ.
މާލޭން ބޭރުގައި، މާލެ ސަރަހައްދުން ބޭރުގައި ހިންގާ އެންމެ ބޮޑު މަޝްރޫއުގެ ގޮތުގައި ބެލިފައިވާ ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓް މަތީ ފެންވަރުގެ އެއާޕޯޓަކަށް ބަދަލު ކުރަނީ އިންޑިއާއިން ރާއްޖެއަށް ދީފައިވާ 800 މިލިއަން ޑޮލަރުގެ ކްރެޓިޓް ލައިންގެ ދަށުން، އިންޑިއަން އެގްޒިމް ބޭންކް މެދުވެރިކޮށް 136 މިލިއަން ޑޮލަރު (ގާތްގަނޑަކަށް 2.1 ބިލިއަން ރުފިޔާ) ގެ ލޯނަކުންނެވެ
އިންޑިއާގައި ކުންފުނިތަކަށް ހުޅުވާލައިގެން ކުރިމަތިލި ހަތަރު ކުންފުނީގެ ތެެރެއިން ހޮވާފައިވާ އިންޑިއާ ޖޭއެމްސީ ކުންފުންޏަށް ވަނީ މަސައްކަތް ހަވާލުކޮށްފަ އެވެ. މި މަސައްކަތް ކުރާނީ މި އެއާޕޯޓު އޯން ކުރާ ސަރުކާރުގެ 100 ޕަސެންޓް ހިއްސާވާ ރީޖަނަލް އެއާޕޯޓްސް ކުންފުނީގެ ބެލުމުގެ ދަށުންނެވެ. މި މަޝްރޫއަކީ އިންޑިއާގެ އެގްޒިމް ބެންކާއި ދިވެހި ސަރުކާރާ ދެމެދު 2019 ގައި ސޮއިކުރި ކްރެޑިޓް ލައިންގެ ދަށުން ހިންގާ މަޝްރޫއު އެކެވެ.
މި ބިޔަ މަޝްރޫއުގެ ދަށުން ހަނިމާދޫގައި 2.46 ކިލޯމީޓަރުގެ އާ ރަންވޭއަކާއި ޓާމިނަލެއް އަޅާނެ އެވެ. މީގެ އިތުރުން ތެޔޮ ރައްކާ ކުރެވޭ ފިއުލް ފާމެއް ވެސް އަޅާނެ އެވެ. ހަނިމާދޫ އެއާޕޯޓް ތަރައްގީ ކުރަނީ އަހަރަކު 1.3 މިލިއަން ފަސިންޖަރުންނަށް ހިދުމަތް ދެވޭ ގޮތަށް އެންމެ މަތީ ފެންވަރުގަ އެވެ.
ހަނިމާދޫ އެއާޕޯޓު ޕެސެންޖަރު ޓާމިނަލްގެ ކުރެހުންތައް ކުރިން ވަނީ އިކޮނޮމިކް މިނިސްޓްރީން ދައްކާލާފަ އެވެ. އެ ކުރެހުމުގައި އޮތް ގޮތުން ނަމަ އެއާޕޯޓް ނިމޭއިރު އޮންނާނީ ރާއްޖޭގެ ކަނޑުތަކުން އެންމެ ގިނައިން ފެންނަ މަޑީގެ ބާވަތެއް ކަމަށްވާ އެންބޯ މަޑިއެއްގެ ބައްޓަމެވެ.
"މި" ނޫހަށް އެނގިފައިވާ ގޮތުގައި މިތަން ހަދަނީ ސްޓީލް ބޭނުން ކޮށްގެންނެވެ. އަދި މި މަޝްރޫއުގެ ބޮޑުބައެއް ހޭދަކުރަނީ ޕެސެންޖަރު ޓާމިނަލްއަށެވެ.
މި މަަޝްރޫއުގެ ދަށުން ހަނިމާދޫ އެއާޕޯޓު ތަރައްގީ ކުރަނީ ބައިނަލްއަގުވާމީ ދަތުރުތަކުގައި ބޭނުންކުރާ އެއާބަސް A320 އާއި ބޯއިން 737 މަރުކާގެ ބޯޓު ފަހަރަށް ޖައްސައި ފުރޭ ގޮތަށެވެ. މިތަން ނިމުމުން އަދި މެދުއިރުމައްޗާއި ދެކުނު އޭޝިއާ އާއި ދެކުނު އިރުމަތީ އޭޝިއާ އާއި އިރުމަތީ އެފްރިކާގެ ގައުމުތަކުން ސީދާ ފްލައިޓްތައް ހަނިމާދޫއަށް ދެވޭނެ އެވެ. ސީދާ ފްލައިޓްތައް ހަނިމާދުއަށް އޮޕަރޭޓު ކުރުމުގެ ގާބިލުކަން ލިބި، އުތުރުގެ ޓޫރިޒަމަށް ދިރުން ލިބުމާއެކު ރާއްޖޭން ބޭރުން ސީދާ އުތުރަށް މުދާ އެތެރެކުރަން ފަށައި ރާއްޖޭން މަސް / ބޮޑު ކަންނެލި ބޭރު ކުރާ ފަރާތްތަކަށް ދޮރުތައް ހުޅުވޭނެ އެވެ. އަދި ރާއްޖޭގެ ސަރަހައްދުން ދަތުރުކުރާ އާގު ބޯޓްތަކަށް އުތުރުގައި މެރިޓައިމް ހަބެއް ގާއިމްކުރުމަށް ފަސޭހަވާނެ އެވެ. މި ބުޔަ މަަޝްރޫއު ނިންމަން ކަނޑައަޅާފައި ވަނީ 2024 ވަނަ އަހަރަށެވެ.
ވަރަށް ފައްކާ އިނގޭތޯ މަރުހަބާ ރިޒްވީއަށް. މާލެއިން ބޭރަށް ގެންދިއުމަކީ ހެޔޮފާލެއް