މޭޔަރު އާޒިމް ވިދާޅުވީ ރާއްޖެ ސަލާމަތް ކުރުމަށްޓަކައި ތަންފީޒީ އިދާރާތަކުން އަވަހާ ގާނޫނުތައް ތަންފީޒު ކުރުމަށް ވެސް އެދިވަޑައިގެންފަ އެވެ.
ސިޓީ ކައުންސިލުން ތަންފީޒު ކުރަން ޖެހޭ ގާނޫނުތަކާއި ގަވައިދުތައް ތަންފީޒު ކުރަމުން ގެންދާ ކަމަށް މާލޭގެ މޭޔަރު އާދަމް އާޒިމް ވިދާޅުވެއްޖެ އެވެ.
މާލޭގެ އިންޑަސްޓްރިއަލް ޒޯނުގައި ޕާކް ކޮށްފައި ހުންނަ ޕިކަޕުތަކާއި ލޮރީތަކުގެ ބެޓެރި ވަގަށް ނަގާތީ މީހަކު ވީޑިއޯއެއް އާންމު ކުރުމުން މާލޭގެ މޭޔަރު ވިދާޅުވީ އެފަދަ މައްސަލަތައް ހުރީ ގާނޫނާއި ގަވައިދު ތަންފީޒު ނުކުރެވޭތީ ކަމަށެވެ.
އަދި މޭޔަރު ވިދާޅުވީ މާލޭ ސިޓީ ކައިންސިލްގެ ބާރުގެ ދަށުގައި ހުރި ހުރިހާ ގަވައިދުތަކާއި ގާނޫނުތައް ގެންދަނީ ތަންފީޒު ކުރަމުން ކަމަށެވެ. އެކަން އިތުރަށް ވެސް ހަރުދަނާ ކުރައްވާނެ ކަމަށެވެ.
މޭޔަރު އާޒިމް ވިދާޅުވީ ރާއްޖެ ސަލާމަތް ކުރުމަށްޓަކައި ތަންފީޒީ އިދާރާތަކުން އަވަހާ ގާނޫނުތައް ތަންފީޒު ކުރުމަށް ވެސް އެދިވަޑައިގެންފަ އެވެ.