މިފަދަ މައްސަލަތައް ހައްލު ކުރުމަށް މިނިސްޓަރު ކަމުގައި ހުންނަވާ މިނިސްޓަރު ޝަހީމް މީގެ ކުރީން ވަނީ ގިނަ މަސައްކަތްތަކެއް ކުރައްވާފައެވެ. ހައްޖު ކޯޕަރޭޝަން އުފެއްދީ ވެސް އެ މަގުސަދު ގައެވެ.
އަމިއްލަ ޖަމާއަތްތަކުގެ ހަވާލުގައި އުމްރާއަށްދާ މީހުން އެ މީހަކުދާ ޖަމާއަތަކީ އުމްރާއަށް މީހުން ގެންދިއުމުގެ ރަސްމީ ހުއްދަ އޮތް ޖަމާއަތްތަކެއްތޯ ކަށަވަރު ކުރުމަށް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު އިލްތިމާސް ކުރައްވައިފި އެވެ.
މިނިސްޓަރު މިކަމަށް އިލްތިމާސް ކުރެއްވީ އަލް-މަޝްއަރު ގުރޫޕްގެ ހަވާލުގައި މި އަހަރު އުމްރާއަށް ގެންދިޔަ މީހުންނަށް ރާއްޖެ އާދެވޭނެ ގޮތް ބަންދުވެދާނެ ކަމުގެ ބިރު ހީވުމާއި ގުޅިގެންނެވެ.
މީގެ ކުރީން ވެސް ވަރަށް ބޮޑެތި މައްސަލަތަކެެއް ދިމާވެފައި އޮތް މަޝްއަރު ގުރޫޕުން މި ފަހަރު 54 މީހުން އުމްރާއަށް ގެންދިޔަ އެވެ. އެ މީހުން ގެންދިޔައީ ޔޫއެލް ފްލައިޓެއް ގައެވެ.
ނަމަވެސް ފްލައިޓަށް ފައިސާ ދައްކަން އެ ޖަމާއަތުން ދިން ހަތަރު ޗެކް ވަނީ ބައުންސް ވެފައެވެ. އެކަން އިނަ މޯލްޑިވްސްގެ ވެރިޔާ މުހައްމަދު ފިރާގު ވަނީ ހާމަ ކުރައްވާފައެވެ.
ފިރާގު ވިދާޅުވި ގޮތުގައި ކުންފުނިން ޗެކް ހަވާލުކުރީ ފުރަން ވަގުތު ކުޑަތަން ވެފައި ވަނިކޮށެވެ. އެ ފުރުސަތު ދިނީ އުމްރާވެރީންނަށް ގެއްލުމެއް ވުމުގެ ފުރުސަތު ނުދިނުމަށެވެ. އެ ޖަމާއަތުން ދިން ހަތަރު ޗެކްވެސް ވަނީ ބައުސް ވެފައެވެ.
އެހެން ކަމުން އުމްރާވެރީން ގެނައުމަށް ބާއްވަން ޖެހޭ ފްލައިޓް ވަނީ ސަސްޕެންޑް ކޮށްފައެވެ. އެ މީހުން އަންނަ ގޮތަށް އޮތީ ގަތަރު އެއާވޭސް ގަ އެވެ.
މިނިސްޓަރުގެ އިލްތިމާސް އައީ އެކަމާ ގުޅިގެންނެވެ.
"އަމިއްލަ ޖަމާއަތްތަކުގެ ހަވާލުގައި އުމްރާއަށް ވަޑައިގަންނަވާ ފަރާތްތަކުން އެ ވަޑައިގަންނަވާ ޖަމާއަތްތަކަކީ އުމްރާއަށް މީހުން ގެންދިއުމުގެ ރަސްމީ ހުއްދަ އޮތް ޖަމާއަތްތަކެއްތޯ ކަށަވަރު ކުރުމަށް އިލްތިމާސް ކުރަން،" މިނިސްޓަރު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވި އެވެ.
މިފަދަ މައްސަލަތައް ހައްލު ކުރުމަށް މިނިސްޓަރު ކަމުގައި ހުންނަވާ މިނިސްޓަރު ޝަހީމް މީގެ ކުރީން ވަނީ ގިނަ މަސައްކަތްތަކެއް ކުރައްވާފައެވެ. ހައްޖު ކޯޕަރޭޝަން އުފެއްދީ ވެސް އެ މަގުސަދު ގައެވެ.