ކޮންމެ އަހަރަކު ވެސް ރޯދަމަހުގެ ފަހު ދިހައެއް ގައި މާލެ ސަރަހައްދުގައި ދަމު ނަމާދު ކުރާނެ މިސްކިތްތަކާއި އިއުތިކާފަށް ތިބޭނެ މިސްކިތްތައް ކަނޑައަޅަ އެވެ.
ރޯދަމަހުގެ ފަހު ދިހައެއް ގައި މާލެ ސަރަހައްދުގެ 32 މިސްކިތެއްގައި ޖަމާއަތު ގައި ދަމު ނަމާދުކުރާނެ ކަމަށާ އިއުތިކާފަށް ތިބެން 16 މިސްކިތެއް ހަމަޖައްސާފައިވާ ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފި އެވެ.
ކޮންމެ އަހަރަކު ވެސް ރޯދަމަހުގެ ފަހު ދިހައެއް ގައި މާލެ ސަރަހައްދުގައި ދަމު ނަމާދު ކުރާނެ މިސްކިތްތަކާއި އިއުތިކާފަށް ތިބޭނެ މިސްކިތްތައް ކަނޑައަޅަ އެވެ.
މިނިސްޓްރީން ބުނީ މާލޭގެ 18 މިސްކިތަކާއި ވިލިމާލޭގެ ތިން މިސްކިތަކާއި ހުޅުމާލޭގެ 11 މިސްކިތެއްގައި ދަމު ނަމާދު ކުރާނެ ކަމަށެވެ. އެއީ؛
އިއުތިކާފަށް ތިބުމަށް ހަމަޖެހިފައި ވަނީ އިސްލާމީ މަރުކަޒާއި ވިޔަފާރިވެރިންގެ މިސްކިތާއި ފުރުގާން މިސްކިތާއި ޖަލާލުއްދީން މިސްކިތާއި ޝަހީދު އަލީ މިސްކިތާއި ނޫރު މިސްކިތާއި ފަނޑިޔާރު މިސްކިތާއި މާވެޔޮ މިސްކިތާއު އިހްލާސް މިސްކިތާއި ވައްގުއްބު މިސްކިތާއި އަޒީޒާ މިސްކިތާއި ރަޝީދު މިސްކިތާއި އައްސިއްދީގު މިސްކިތާއި ހަސަން އާދަމް މިސްކިތާއި އަމީލް ޖަލީލް މިސްކިތެވެ.