މާލެ ސިޓީ ކައުންސިލްގެ މިއަދުގެ ބައްދަލްވުމުގައި ކަނޑައަޅާފައި ވަނީ އީދު ދުވަހުގެ ހަވީރު 4-6 އަށް ވެހިކަލް ދުއްވުން މަނާ ވަގުތުގެ ގޮތުގައި ހަމަޖެއްސުމަށެވެ.
މާލެ ސިޓީ ކައުންސިލްގެ މިއަދުގެ ބައްދަލްވުމުގައި ކަނޑައަޅާފައި ވަނީ އީދު ދުވަހުގެ ހަވީރު 4-6 އަށް ވެހިކަލް ދުއްވުން މަނާ ވަގުތުގެ ގޮތުގައި ހަމަޖެއްސުމަށެވެ.
ވެހިކަލް މަނާ -- ހިނގާފައި އުޅެވޭ ވަގުތުތަކެެއް ކަނޑައަޅައި ދިނުމަށް އެދުނީ ސަރުކާރުންނެވެ. ބަހާ ތަރިކަ މިނިސްޓްރީން އެކަމަށް އެދުނީ އީދު ދުވަހު ހަވީރު މާލޭގެ މަގުތަކުގައި ކުޅިވަރުގެ ގިނަ ހަރަކާތްތަކެއް އޮތުމުން އެކަމަށް ފުރުސަތު ފަހިކޮށް އަދި އާންމުންނަށް އެ ހަރަކާތްތައް ބަލާލެވޭނެ ފަހި ގޮތްތަކެއް ހަމަޖައްސައި ދިނުމަށެވެ.
ކައުންސިލް ބައްދަލްވުމުގައި ފުރަތަމަ ހުށައެޅި ގޮތް ނިންމީ ވެހިކަލް މަނާ ހަތަރު ގަޑިއިރު ހަމަޖެެއްސުމަށެވެ. އެއީ ހަވީރު ހަތަރަކުން ރޭގަނޑު އަށަކަށެވެ. ނަމަވެސް އެ ހުށައެޅުން ފާސް ނުވި އެވެ.
ކައުންސިލްގެ އަޣުލަބިއްޔަތުން ނިންމީ ހަވީރު 4-6 އަށް ވެހިކަލް ދުއްވުން މަނާ ކުރުމަށެވެ.