އަލަމްގީރުގެ ހުކުމް ބުދާގައި، ދައުވާއަކަށް 27 ދުވަހުގެ ޖަލު ހުކުމެއް

މީގެ ކުރީން އަލަމްގީރުގެ މައްޗަށް ވަނީ ތިން ދައުވާއެެއް އުފުލާ އެވެ. އެ ދައުވާތައް ސާބިތުވާ ކަމަށް ހުކުމް ވެސް ކޮށްފައިވެ އެވެ. އެއީ އެއްޖިންސުން ޖިންސީ ގުޅުން ހިންގުމުގެ ތިން ދައުވާ އެވެ.

އެމްޑީ އަލަމްގީރު: އޮރިޔާން ކާޑު އުފެއްދުމުގެ 40 ދައުވާއަށް އޭނާ ވަނީ އިއުތިރާފްވެފައި

އޮރިޔާން ކާޑު އުފެއްދިކަމުގެ ކުށް ސާބިތުވެފައިވާ، ބަންގާޅުގެ އެމްޑީ އަލަމްގީރްގެ މައްޗަށް ހުކުމް ކުރުން އަންނަ ބުދަ ދުވަހު އޮންނާނެ ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން ބުނެފި އެވެ.

އަލަމްގީރްގެ މައްޗަށް ވަނީ އޮރިޔާން ކާޑު އުފެއްދުމުގެ 40 ދައުވާއެއް ދައުލަތުން އުފުލާފަ އެވެ. އަދި އިއްޔެ އޭނާ ވަނީ އެ ހުރިހާ ދައުވާއަކަށް އިއުތިރާފު ވެސް ވެފަ އެވެ. ޕީޖީ އޮފީހުން މިއަދު ބުނި ގޮތުގައި އޭނާގެ ކޮންމެ ދައުވާއަކަށް ކަނޑައަޅާނެ އަދަބަކީ 27 ދުވަހުގެ ޖަލު ހުކުމެއް ކަމަށެވެ. އެެހެން ކަމުން 40 ދައުވާއަށް އަންނާނީ 1،080 ދުވަހުގެ ޖަލު ހުކުމެކެވެ. އެއީ ދެ އަހަރާއި ނުވަ މަހެވެ.

މީގެ ކުރީން އަލަމްގީރުގެ މައްޗަށް ވަނީ ތިން ދައުވާއެެއް އުފުލާ އެވެ. އެ ދައުވާތައް ސާބިތުވާ ކަމަށް ހުކުމް ވެސް ކޮށްފައިވެ އެވެ. އެއީ އެއްޖިންސުން ޖިންސީ ގުޅުން ހިންގުމުގެ ތިން ދައުވާ އެވެ. އެ ދައުވާތަކަށް އޭނާ އިއުތިރާފު ވެސް ވެފައިވެ އެވެ. އެހެން ކަމުން ތިން ދައުވާ ސާބިތުވާ ކަމަށް ނިންމާ ހަތް މަހާއި ހަ ދުވަހަށް ޖަލަށްލާން ހުކުމް ކުރި އެވެ.

އަލަމްގީރާއެކު އެއްޖިންސުން ގުޅުން ހިންގި މީހުންގެ ވަކިވަކި ޝަރީއަތްތައް އަންނަނީ ހިންގަމުންނެވެ. އެގޮތުން މިހާތަނަށް ގާނޫނީ ވަކީލް ނާޒިމް ސައްތާރު އަދި ދިވެހި ފުލުހުންގެ ހިދުމަތުގެ ޑުރަގް އެންފޯސްމަންޓް ޑިޕާޓްމެންޓް (ޑީއީޑީ) ގައި މަަސައްކަތް ކުރާ އަބްދުއްރަހްމާނު ރަފީއުގެ މައްޗަށް ޝަރީއަތް ހިންގައި ވަނީ ހުކުމްކޮށްފަ އެވެ. އެމީހުން ވެސް ވަނީ ކުށަށް އިއުތިރާފްވެފަ އެވެ.

ކޮމެންޓް

3
450
ގިރި
1 year ago

އެންމެ 27 ދުވަސ :)

ޝަފާނާ
1 year ago

އަލަމްގިރިއަށް ހުކުމް ކުރާނެ ކަމެއް ވެސް ނެތެއްނު ނަސޭހަތް ދީފަ މާލެތެރެއައް ދޫކޮށްލާފައި ބަހައްޓާ، އޭނާ ހަމަ ރަނގަޅެއްނު އެއީތާ މިހާރު ރާއްޖޭގެ ކަންކަން ހިނގާ ގޮތަކީ

ނަސީރުބެ
1 year ago

ސާބެހޭ ދިވެހި ދައުލަތް. މި އޮތީ ވާ ސަރުކާރެއް. މިއޮތީ ވާ ދިވެހިރާއްޖެ އެއް. އަހަރެމެންގެ މުޅި ހަޔާތުގައިވެސް މިވަރުގެ ކަމެއް ނުދެކެން.

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.