ސީރިއާގެ އައްސޭރިއަށް ފެތުނު ބޯޓުން މަރުވި މީހުންގެ އަދަދު 86 އަށް

އދ. ގެ ރެފިއުޖީ އެޖެންސީން މި މަހުގެ ކުރީކޮޅު ރޮއިޓާސްއަށް ބުނެފައިވާ ގޮތުގައި ލުބުނާނު ތެރެއިން ކަނޑުމަގުން ފުރަން އުޅުނު މީހުންގެ އަދަދު 2020 ވަނަ އަހަރާ އަޅާބަލާއިރު 2021 ވަނަ އަހަރު ގާތްގަނޑަކަށް ދެގުނަ އިތުރުވެފައި ވެއެވެ. މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު 2022 ވަނަ އަހަރު 70 ޕަސެންޓަށް އަށްވުރެ މައްޗަށް ގޮސްފައި ވެއެވެ.

ބޯޓު ބަންޑު ޖަހާލައި މަރުވި މީހެއްގެ އާއިލާގެ މެންބަރަކު ރޮމުން ހަށިގަނޑުތަކާ ހަމައަށް ދާން މަސައްކަތް ކުރަނީ: މިއީ ލުބުނާނުން ފުރައިގެން ބަޔަކު ކުރި މިފަދަ އެންމެ ނުރައްކާތެރި ދަތުރު -- ރޮއިޓާސް

މާޔޫސް ވެގެން ހިޖުރަ ކުރުމުގެ ނިޔަތުގައި ގިނަ އަދަދެއްގެ ބަޔަކު ދަތުުރު ހަދައި ލުބުނާނުން ފުރައިގެން ޔޫރަޕުގެ ރަނގަޅު ބަނދަރެއް އަތުލަން ދަތުރު ކުރި ބޯޓެއް ސީރިއާގެ އައްސޭރި ފަށަށް ފެތި، ބަންޑުން ޖަހައިލި ހާދިސާއެއްގައި ގެނބިގެނާއި ތާށި ވެގެން އޮޔާ ދަމައިގަނެ މަރުވި މީހުންގެ އަދަދު 86 އަށް އުފުލިއްޖެ އެވެ.

ގިނަ އަދަދެއްގެ ބަޔަކު ދަތުރު ކުރި ބޯޓު ސީރިއަށް ބަނޑުދޮށަށް ފެތި ބަންޑުން ޖަހާލި އިރު އޭގައި ތިބީ ގަވައިދާ ހިލާފަށް ބޭރުވާ ދިޔަ ހިޖުރަވެރީންނެވެ. އެ މީހުން މިދިއަ ހަފުތާގައި ލުބުނާނުން ފުރައިގެން ސީރިއާގެ ދަތުރުކޮށް ސީރިއާ އައްސޭރިފަށަށް ފެތުނު އިރު އެއީ ލުބުނާނުން ހިޖުރަވެރީންގެ ބަޔަކު މިހާތަނަށް ކުރި އެފަދަ އެންމެ ނުރައްކާތެރި ދަތުރެވެ.

އެ މީހުންގެ ހިޖުރަ ކުރުމަކީ އިގްތިސޯދީ މާޔޫސްކަން އިތުރުވަމުން ދާތީ ޔޫރަޕުގައި ފައިބީއްސާ ހިން ދެމިލުމުގެ އުންމީދުގައި ކުރާ ދަތުރެކެވެ. ލުބުނާނުގައި ސީރިއާގެ މިލިޔަނަކަށް ވުރެ ގިނަ ރެފިޔުޖީން އުޅެ އެވެ. އެ މީހުން ލުބުނާނަށް ހިޖުރަ ކޮށްފައި ވަނީ ސީރިޔާގެ ދާހިލީ ހަނގުރާމައިން ސަލާމަތްވާށެވެ. މިހާރު ލުބުނާނަށް ކުރިމަތިވެފައިވާ އިގްތިސޯދީ ދަތީގެ ސަބަބުން މިސްރާބު ޔޫރަޕަށް އަނބުރާލައި ދަތުރު ފެށީ އެވެ.

ކަނޑުވެފައިވާ މީހުން ހޯދަން ރަޝިޔާއިން ވެސް އެހީ ވެދެ އެވެ. އަދި މަރުވި މީހުންގެ ހަށިތައް ލުބުނާނަށް ގެންގޮސް، އެ މީހުންގެ އާއިލާތަކާ ހަވާލު ކުރުމުގެ މަސައްކަތް ސީރިއާ މެދުވެރިކޮށް ރެޑް ކްރެސެންޓުން ކޮށްދެ އެވެ. އަދި ސީރިއާގެ ބޯޑަރު ހުރަސްކޮށް އެއްވެ މަރުވި މީހުން ހަށިގަނޑުތަކަށް އިންތިޒާރު ކުރާ މީހުން ވެސް އެބަތިއްބެވެ.

ސީރިއާއިން ބުނާ ގޮތުގައި އައްސޭރިފަށަށް ލައްގާފައިވާ ހަށިގަނޑުތައް ނަގަމުންދާއިރު މިހާތަނަށް ވިއްސަކަށް މީހުން ސަލާމާތުން ތިއްބާވެސް ފެނިފައި ވެއެވެ. ސަލާމާތުން ތިބި މީހުނަށް ފަރުވާ ދެނީ ސީރިއާގެ ތަރްތޫސްގެ ހޮސްޕިޓަލެއްގަ އެވެ. ލުބުނާނުގެ ޓްރާންސްޕޯޓް މިނިސްޓަރު އަލީ ހަމިއްޔާ ވިދާޅުވި ގޮތުގައި ބަންޑުން ޖަހައިލި އޮޑީގައި 45 ކުދިން ވެސް ތިއްބެވެ، ރިޕޯޓްތައް ބުނާ ގޮތުން އެއިން އެއްވެސް ކުއްޖަކު ސަލާމަތެއް ނުވެއެވެ.

އދ. ގެ ރެފިއުޖީ އެޖެންސީން މި މަހުގެ ކުރީކޮޅު ރޮއިޓާސްއަށް ބުނެފައިވާ ގޮތުގައި ލުބުނާނު ތެރެއިން ކަނޑުމަގުން ފުރަން އުޅުނު މީހުންގެ އަދަދު 2020 ވަނަ އަހަރާ އަޅާބަލާއިރު 2021 ވަނަ އަހަރު ގާތްގަނޑަކަށް ދެގުނަ އިތުރުވެފައި ވެއެވެ. މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު 2022 ވަނަ އަހަރު 70 ޕަސެންޓަށް އަށްވުރެ މައްޗަށް ގޮސްފައި ވެއެވެ.

ކޮމެންޓް

1
450
އދ.
1 year ago

މި ދަތުރުގައި ބައިވެރި ގިނަ މީހުންނަކީ ކުރީން ސީރިއާއިން ލުބާނާނަށް ހިޖުރަ ކުރި މީހުންނެވެ. އެ މީހުން މިހާރު ބޭނުން ވަނީ ޔޫރަަޕަށް ދާށެވެ.

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.