ސައިކަލުގައި ރޯ ކޮށްލި މައްސަލަ ބަލާއިރު ފުލުހުންގެ ތަކެއްޗަށް ގެއްލުން ދިނުމާއި ފުލުހުންނާ ކުރިމަތިލައި ހަމަލާ ދިނުން ފަދަ ކަންކަން ފަހަކަށް އައިސް އިތުރުވެފައި ވެއެ.
މެދު އަތޮޅުތަކުގައި ހިމެނޭ މ. މުލަކުގައި ފުލުހެއްގެ ސައިކަލުގައި ރޯ ކޮށްލައި އަންދާލައިފި އެވެ.
އެ އަތޮޅުގައި ގާއިމުވެ ތިބޭ ފުލުހުންގެ ތެރެއިން ފުލުހަކު ބޭނުން ކުރާ ސައިކަލުގައި ރޯ ކޮށްލާފައި ވަނީ ރޭގެ މެންދަމުން އަލިވެފައި ވަނިކޮށެވެ. އެ މީހާގެ ސައިކަލްގައި ރޯކޮށްލައި އަންދާލީ ދިރި އުޅޭ ގޯތި ކައިރީގައި ބަހައްޓާފައި ހުއްޓަ އެވެ.
މުލީ ޕޮލިސް ސްޓޭޝަންގައި މަސައްކަތް ކުރަމުން އެ ފުލުސް މީހާއަކީ މުލަކު މީހަކާ ކައިވެނި ކޮށްގެން އުޅޭ ރަށުން ބޭރު މީހެކެވެ. އެ ރޭ ސައިކަލް އަންދާލި އިރު ވެސް އޭނާ ރަށަކު ނެތެވެ. ސައިކަލް އަންދާލާފައި ވަނިކޮށް ނަގާފައިވާ ފޮޓޯއެއް ސޯޝަލް މިޑިއާގައި ހަބަރުތައް ގެނެސްދޭ ޕްލެޓްފޯމަކުން ޝާއިއުކޮށްފައި ވެ އެވެ.
ސައިކަލުގައި ރޯ ކޮށްލި މައްސަލަ ބަލާއިރު ފުލުހުންގެ ތަކެއްޗަށް ގެއްލުން ދިނުމާއި ފުލުހުންނާ ކުރިމަތިލައި ހަމަލާ ދިނުން ފަދަ ކަންކަން ފަހަކަށް އައިސް އިތުރުވެފައި ވެއެ.