އިރާ އަކީ 1986 ވަނަ އަހަރު ރީނާ ދައްތާ އާއި އާމިރު ކައިވެނިކޮށް ލިބުނު ދެބެންގެ ތެރެއިން ހަގު ކުއްޖާ އެވެ. އެމީހުންގެ ދޮށީ ދަރިފުޅަކީ ޖުނައިދު ހާން އެވެ. ފަހުން އާމިރު ހާނާއި ކިރަން ރާއޯއާ 2005 ވަނަ އަހަރު ކައިވެނި ކުރި އެވެ.
ބޮލީވުޑް މެގަ ސްޓާރު އާމިރު ހާންގެ އަންހެން ދަރިފުޅު އިރާ ހާނާއި އޭނާގެ ލޯބިވެރިޔާ ނުޕޫރު ޝިކާރޭ އެންގޭޖްމަންޓް އިއުލާނު ކޮށްފި އެވެ. އިޓަލީގައި އެންގޭޖްވެ އެކަން ދެ މީހުން ވެސް ވަނީ އިއުލާނު ކޮށްފަ އެވެ.
އެ މީހުން ޝެއާކުރި ވީޑިއޯއަކުން ފެންނަނީ އިރާ އޭނާގެ ލޯބިވެރިޔާ އަށް ހިތްވަރުދޭން ހުއްޓާއި ނުޕޫރު ޝިކާރޭ އޭނާ އަށް ޕްރޮޕޯސްކުރާ ތަނެވެ. އަދި އިރާ އޭނާއާ އިންނަން އެއްބަސްވާ މަންޒަރެވެ.
އިރާގެ ލޯބިވެރިޔާއަކީ ނުޕޫރު ޝިކާރޭއަކީ އިރާގެ ބައްޕަ އާމިރު ހާންގެ ފިޓްނެސް ކޯޗެވެ. އެ ދެ މީހުންގެ މެދުގައި ލޯތްބެއް އުފެދުނީ ޖިމްގެ ތެރެއިން އުފެދުނު ގާތްކަމާއެކު އެވެ.
އިރާ އަކީ 1986 ވަނަ އަހަރު ރީނާ ދައްތާ އާއި އާމިރު ކައިވެނިކޮށް ލިބުނު ދެބެއިންގެ ތެރެއިން ހަގު ދަރިފުޅެވެ. އެމީހުންގެ ދޮށީ ދަރިފުޅަކީ ޖުނައިދު ހާނެވެ.
ފަހުން އާމިރު ހާނާއި ކިރަން ރާއޯއާ 2005 ވަނަ އަހަރު ކައިވެނި ކުރި އެވެ. އެ ކައިވެނި ވެސް މިހާރު ނިމުމަކަށް އައިސްފައި ވެއެވެ. އަދި ކައިވެނި ތަކުގައި ކަންކަން ދިޔައީ އެންމެ ރަނގަޅަށް ނޫން ކަމަށް އާމިރު ހާން ވެސް ބުނެފައި ވެއެވެ.