މައިކްރޮސޮފްޓް ސާފަސް އިވެންޓް: އޮކްޓޯބަރު 12 ގައި

މައިކްރޮސޮފްޓް ސާފަސް އަކީ ޓެބްލެޓް މާކެޓްގައި ނުފޫޒުގަދަ އާލާތެކެވެ. އޮފީސް ބޭނުންތަކަށް އަދި ކިޔަވާ ކުދިންނަށް ފަސޭހަ ޑިވައިސްއެކެވެ. ހުރިހާ މާހައުލަކަށް ވެސް ބޭނުން ބޮޑު ވިންޑޯޒް ޓެބްލެޓެކެވެ.

ސާފަސް އިވެންޓް ވިންޑޯޒް 11 ވޯލްޕޭޕަރުން އިއުލާންކޮށްފައި: ވިންޑޯޒް 11 ގެ ކުލަތައް މައިކްރޮސޮފްޓް ސާފަސް ޓެބްލެޓަށް

މައިކްރޮސޮފްޓް ސާފާސް އިވެންޓަށް ތާރީހައް ކަނޑައަޅައިފި އެވެ. މައިކްރޮސޮފްޓްއިން ދެން ބާއްވާ ސާފަސް އިވެންޓް އޮންނަ ތާރީޚަކީ އޮކްޓޯބަރު 12 އެވެ.

މައިކްރޮސޮފްޓް ސާފަސް އޮންނަ ދުވަސް ހަމަޖެހުމާއެކު މައިކްރޮސޮފްޓް ވެބްސައިޓްގައި ވަނީ މިކަން އިއުލާން ކުރުމަށް ބެނާ ދަމާފަ އެވެ.

މި އިވެންޓް އިއުލާން ކުރުމަށް މައިކްރޮސޮފްޓް ވެބްސައިޓްގައި ދަމާފައި ހުރި ބެނާ -- ޕޯސްޓަރުން ފެންނަނީ ރީތި ކުލަތަކެކެވެ. އެއީ މައިކްރޮސޮފްޓް ވިންޑޯޒް 11 އަށް ހާއްސަ ވޯލްޕޭޕަރެކެވެ. ވިންޑޯޒް 11 ބްލޫން ވޯލްޕޭޕަރު ސާފަސް އިންވެންޓް އިއުލާން ކުރަން ބޭނުން ކުރުމުގެ ބޭނުމެއް ކަމަށް އިންޑަސްޓްރީގައި ބުނެވެނީ ސާވަސް ޓެބްލެޓް މި ކުލަތަކުން ނެރޭނެ ކަމެވެ.

މައިކްރޮސޮފްޓް ސާފަސް ޕްރޯ ނެރޭ ތާރީޚެއް ކަމަށް ބުނެވެނީ އޮކްޓޯބަރު 26، 2022 އެވެ. ވިންޑޯޒް 11 އިން ވޯލްޕޭޕަރު ބޭނުންކޮށް ސާފަސް ޓެބްލެޓާ ގުޅުވާލުމުގައި އޮތް އަނެއް ބޭނުނަކީ ވިންޑޯޒް 11 އަށް ފިޓްވާ ޓެބްލެޓެއްކަން ދައްކާލުން ކަމަށް ވެސް ބުނެވެ އެވެ.

މައިކްރޮސޮފްޓް ސާފަސް ޕްރޯ އަކީ ޓެބްލެޓް ސިނާއަތުގައި ބާރުގަދަ ޓެބްލެޓެކެވެ. ބައެއް ރިވިއުތައް ބުނާ ގޮތުން އެޕަލް އައިޕެޑާއި ސާފަސް ޕްރޯ މާކެޓްގައި ކުޅެނީ ދެ އަމާޒަކަށެވެ. އެހެންކަމުން، ވަކި ބަޔަކު ސަފަސްގެ ފަހަތުން ދުވާއިރު އައިޕެޑަށް ލޯބިކުރާ މީހުން ވެސް ވަކި މަދެއް ނޫނެވެ.

އޮކްޓޯބަރު 12 އިގެ ހަފުލާގައި ސާފަސް 9 ޕްރޯ ތައާރުފު ކުރާނެ ކަމަށް ބެލެވެ އެވެ. ސާފަސް 9 ގައި ހުރި މޮޅުކަމާއި ބޭނުންތެރިކަން ހާމަކުރާނެ އެވެ. އަދި ވިންޑޯޒް އިންޖީނާއި ޕްރޮސެސާތަކާ ބެހޭ ގޮތުން ވެސް މައުލޫމާތު ދޭނެ އެވެ.

ސާފަސް ސާފަސް އިވެންޓާ ގުޅިގެން ކަހަލަ ގޮތަކަށް "މައިކްރޮސޮފްޓް އިގްނައިޓް" ކޮންފަރެންސް ވެސް އޮކްޓޯބަރު 12 ގައި އޮންނާނެ އެވެ.

ބެލެވޭ ގޮތުގައި މި ދެ އިވެންޓް ވެސް ލައިވް ސްޓްރީމް ކުރާނެ އެވެ. މައިކްރޮސޮފްޓް ވެބްސައިޓުން ތަފުސީލު ވަރަށް އަވަހަށް އާންމު ކުރާނެ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.