މޯލްޑިވިއަންއިން މިހާރު ދަނީ ޑޯނިޔާ ބޯޓެއްގައި ވައިގެ މަގުން ބަލި މީހުން އުފުލުމުގެ ހިދުމަތް ދެމުންނެވެ.
ވައިގެ މަގުން ބަލި މީހުން އުފުލުމުގެ ހިދުމަތް ދޭން މޯލްޑިވިއަން އިން އުފެއްދި "އެއާ އެމްބިއުލާންސް" ފްލީޓަށް ސީޕްލޭން އިތުރުކުރަން ތައްޔާރު ވެއްޖެ އެވެ.
ވައިގެ ދަތުރުފަތުގެ ހަބަރުތައް ގެނެސްދޭ އޭވިއޭޓާ އިން ވަނީ އެއާ އެމްބިއުލާންސް ފްލީޓަށް އަލަށް އިތުރު ކުރަން ނިންމާފައިވާ ބޯޓުގެ ފޮޓޯއެއް އާއްމުކޮށްފަ އެވެ. އަދި މީގެ ކުޑައިރުކޮޅެއް ކުރީން ރައީސް މުއިއްޒު ވެސް ވަނީ ސީޕްލޭންގެ ފޮޓޯއެއް އާންމު ކުރައްވާފައެވެ.
ސަރުކާރުން ވަނީ ވައިގެ މަގުން ބަލި މީހުން އުފުލުމުގެ ހިދުމަތް ވަރުގަދަ ކުރުމުގެ ގޮތުން އެއާޕޯޓް ނެތް ރަށްށުން ވެސް ބަލި މީހުން މާލެ ގެނައުމުގެ ހިދުމަތް ފަށަން ސީޕްލޭންގެ ހިދުމަތް މާދަމާ ފަށާނެ ކަމަށް ކުރިން ބުނެފަ އެވެ.
މި ބޯޓު މޯލްޑިވިއަން އިން ބަލި މީހުން އުފުލަން ހާއްސަކޮށް އެތެރޭގައި ބަލި މީހުންނަށް ފަރުވާ ދިނުމުގެ ހިދުމަތް ވަނީ ގާއިމްކޮށްފަ އެވެ. އިމަޖެންސީގައި ބޭނުން ކުރާ ގިނަ ވަސީލަތް ތަކެއް މި ސީޕްލޭންގައި ވެސް ގާއިމްކޮށްފައިވެ އެވެ.
ރާއްޖޭގެ ތާރީހުގައި ފުރަތަމަ ފަހަރަށް ގައުމީ ހިދުމަތްތަކެއްގެ ގޮތުގައި ވައިގެ މަގުން ދިވެހި ރައްޔިތުން އުފުލުމުގެ ހިދުމަތް ފަށާފައިވަނީ މި މަހުގެ އެއްވަނަ ދުވަހު އެވެ.
މޯލްޑިވިއަން އިން މި ހިދުމަތް ދެނީ ޑޯނިޔާ މަތިންދާ ބޯޓެއް ބޭނުންކޮށްގެންނެވެ. މި ބޯޓުގައި އެއްފަހަރާ ބަލި މީހުންގެ ދެ މީހުން އުފުލޭނެ އެވެ.
ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި 2023 ވަނަ އަހަރު ރާއްޖޭގެ އެކި ހިސާބުތަކުން ވައިގެ މަގުން މާލެއަށް ފަރުވާއަށް މީހުންގެ 98 ޕަސެންޓު އުފުލީ މޯލްޑިވިއަން އެވެ. ރާއްޖޭގައި ވައިގެ މަގުން ބަލި މީހުން އުފުލުމުގެ ހިދުމަތް މިހާތަނަށް ދެމުން ގެންދިޔައީ ގައުމީ އެއާލައިން މޯލްޑިވިއަންއިނެވެ. ދިވެއްސެއް ބަލިވެގެން ބޭރަށް "އެއާ ލިފްޓް" ކުރަން ޖެހުނަސް އެކަން ކުރީ ގައުމީ އެއާލައިނެވެ. މިކަމުގެ ތެރެއަށް 2012 އިން ފެށިގެން އަވަށްޓެރި އިންޑިއާ ސިފައިންގެ ހެލިކޮޕްޓަރަކާއި ޑޯނިއާއެއް ވަނަސް މި އޮޕަރޭޝަން މިހާރު ވެސް ލީޑު ކުރާ ބަޔަކީ މޯލްޑިވިއަންނެވެ.
އެއާ އެމްބިއުލާންސް - ރާއްޖޭގެ ފުރަތަމަ އެއާ އެމްބިއުލާންސް ހިދުމަތް