ފިނޭންސުގެ ކުރީގެ ބަޖެޓް ހެޑް ޝަރުވަޝް ރިސޯޓްލައިފަށް

ޝަރުވަޝް ވަނީ މީރާގެ ޗެއާމަންގެ މަގާމުވެސް އަދާ ކުރައްވާފަ އެވެ. މީގެ އިތުރުން އެމްއެމްއޭ ބޯޑު މެންބަރުކަންވެސް ކުރެއްވި އެވެ.

ފިނޭންސް މިނިސްޓްރީގެ ކުރީގެ ބަޖެޓް ހެޑް ޝަރުވަޝް -- ޕީއެސްއެމް ފޮޓޯއެއް

ވޭތުވެދިޔަ އަށެއްކަ އަހަރު ދައުލަތުގެ ބަޖެޓުގެ ވާހަކަ ދައްކައިފިނަމަ އެންމެ ފުރަތަމަ އަންނާނީ ޗީފް ފައިނޭންޝަލް ބަޖެޓު އެގްޒެކެޓިވް އަހުމަދު ސަރުވަޝް އާދަމްގެ ނަމެވެ. އެކަމަކު އަށް އަހަރަށް ފަހު އޭނާ މި މަހު ވަނީ ފިނޭންސުން އިސްތިއުފާ ދެއްވާފަ އެވެ. ސަރުކާރުގެ ހިދުމަތް ދޫކުރެއްވުމަށް ފަހު ޝަރުވަޝް ވަޑައިގެންނެވީ ރާއްޖޭގެ މަޝްހޫރު އެއް ޓޫރިޒަމް ކުންފުނި ކަމަށްވާ ރިސޯޓް ލައިފްގެ އިސް މަގާމަކަށެވެ.

ޝަރުވަޝް މިހާރު ހުންނެވީ ރިސޯޓް ލައިފްގެ ފައިނޭންޝަލް އެންޑް ބިޒްނަސް ޑިވްލޮޕްމަންޓް (އެފްބީޑީ) ގެ މަގާމުގަ އެވެ.

ޝަރުވަޝް "މި" ނޫހަށް ވިދާޅުވީ ސަރުކާރުގައި ގިނަ ދުވަސް ތަކެއް ވަންދެން ހިދުމަތް ކުރުމަށް ފަހު ޕްރައިވެޓް ސެކްޓަރާ ގުޅިވައިގަތީ އޭނާގެ ގާބިލްކަން ހުރި އެންމެ މަތީ މިންވަރަކުން އެ ސެކްޓަރަށް ހާއްސަކޮށް ރިސޯޓް ލައިފަށް ހިދުމަތް ކުރުމުގެ މަގުސަދުގައި ކަމަށެވެ. އޭނާ ވިދާޅުވީ ރިސޯޓް ލައިފަކީ ޓޫރިޒަމްގައި ބޮޑު ކުންފުންޏަކަށް ވެފައި މި ކުންފުނި މިހާރަށްވުރެ ވަރުގަދަކޮށް ކުންފުނީގެ ވިޔަފާރި ފުޅާ ކުރަން އޭނާ މަސައްކަތް ކުރައްވާނެ ކަމަށެވެ

ޝަރުވަޝް ގިނަ ބައެއްގެ މެދުގައި މަޝްހޫރު ވެގެން ގޮސްފައިވަނީ މިދިޔަ ދެ ސަރުކާރުގައި ވެސް ދައުލަތުގެ ބަޖެޓު ތައްޔާރު ކުރުމުގައި އެންމެ އިސް މުވައްޒަފުގެ ގޮތުގައި ހަރަކާތްތެރިވި ބޭފުޅެއްގެ ގޮތުގަ އެވެ. އޭނާ ވަނީ ބަޖެޓުގެ ކަންކަމުގައި 2016 އިން ފެށިގެން މަސައްކަތް ކުރައްވާފަ އެވެ. މީގެ އިތުރުން ސަރުވަޝް ވަނީ މީރާގެ ޗެއާމަންގެ މަގާމާއި އެމްއެމްއޭގެ ބޯޑުގައި ވެސް މަސައްކަތް ކުރައްވާފަ އެވެ.

ޝަރުވަޝް މަތީ ތައުލީމް ހާސިލް ކުރެއްވީ އިނގިރޭސިވިލާތާއި އޮސްޓްރޭޔާ އިންނެވެ. މަސައްކަތް ކުރެއްވި ދާއިރާ ތަކުން މާސްޓާސް އާއި ބެޗްލާސް ޑިގްރީ ހާސިލް ކުރައްވާފައިވެ އެވެ.

ޝަރުވަޝްގެ ހިދުމަތް - މިނިސްޓްރީން އޮފް ފިނޭންސް ނުވަ އަހަރު ހިދުމަތް ކުރެއްވިއިރު ބަޖެޓުގެ ކަންކަމުގައި ބަޖެޓް ޑިޕާޓްމަންޓުގެ އިސްވެރިއެއްގެ ގޮތުގައި ހަތް އަހަރު ހަރަކާތްތެރިވި އެވެ. އަދި މީރާގެ ބޯޑުގެ ޗެއާމަންގެ މަގާމުގައި ހަތަރު އަހަރު ހިދުމަތް ކުރެއްވި އެވެ. އަދި އެމްއެމްއޭ ބޯޑުގައި އެއް އަހަރު މެންބަރުކަން ކުރެއްވި އެވެ. އަދި އެ އޮތޯރިޓީގެ އިސް ގިނަ މަގާމު ތަކެއް ފުރުއްވި އެވެ. އަދި ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި އުފެއްދެވި އަޕާ ސައުތް ހެލްތް ސާވިސަސް ކުންފުނީގެ އެމްޑީކަން ކުރެއްވި އެވެ. މި ކުންފުންޏަކީ 18 ހޮސްޕިޓަލެއްގެ ކަންކަން ބަލަހައްޓަން އޭރުގެ ސަރުކާރުން ހަވާލު ކުރި ކުންފުންޏެވެ. އަދި އާރުއޯއެލްގައި ފައިނޭންޝަލް އެނަލިސްޓެއްގެ ގޮތުގައި ވެސް އެއް އަހަރު ހިދުމަތް ކުރެއްވި އެވެ.

ރިސޯޓްލައިފް - ރިސޯޓްލައިފްއަކީ ރާއްޖޭގެ ރަޝިއަން މާކެޓު ހިފެހެއްޓުމުގައި އެންމެ އިސް ދައުރެއް އަދާކުރާ އެއް ކުންފުންޏެވެ. އެ ކުންފުނިން ދަނީ ރަޝިއާގައި އޮފީސް ހުޅުވައިގެން ދުނިޔޭގެ 11 ގައުމެއްގައި ޓޫރިޒަމް އޮޕަރޭޓް ކުރެ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.