ވަކި ދުއާއެއް ކިޔުން އެއީ ބިދުއަ ވެރި އަމަލެއް ކަމަަަަށް ވެސް ބައެއް އިލްމުވެރީން ވިދާޅުވެފައިވެ އެވެ. އަދި އެފަދަ ކަންކަން ނުފެތުރުމަށް އިލްތިމާސް ކުރި އެވެ.
ދިރާގުން ރޭ ވަނީ ރޯދައިގެ ނިޔަތާއި އޭގެ މާނަ ހިމަނާ ޕޯސްޓެއް ކޮށްފައެވެ. އެއީ ޒަމާނުއްސުރެ ދިވެހީން ކިޔަމުން އައި ރޯދައިގެ ނިޔަތެވެ.
ދިރާގުގެ މި ޕޯސްޓާއި ގުޅިގެން ވަރަށް ގިނަ އިލްމުވެރީން ވަނީ ކަންބޮޑުވުން ފާޅުކޮށް ރޯދައަަށް ހުރުމުގައި ދީނު ގައި ނިޔަތް ގަތުން އޮންނަ ގޮތް ބަޔާން ކޮށްދީފައެވެ.
އިލްމުވެރީން ވިދާޅުވި ގޮތުގައި ނިޔަތުގެ މަހައްލަކީ ހިތެވެ. ނިޔަތުގެ ގޮތުގައި ދުލުން ވަކި އިބާރާތެއް ކިޔުމަކީ ޝަރުއު ވެގެންވާ ކަމެއް ނޫނެވެ. އަދި ރޯދައަށް ހުރުމަށް ހިތަށް އެރުވުމުން ނިޔަތް ގަނެވުނީ އެވެ.
ވަކި ދުއާއެއް ކިޔުން އެއީ ބިދުއަ ވެރި އަމަލެއް ކަމަަަަށް ވެސް ބައެއް އިލްމުވެރީން ވިދާޅުވެފައިވެ އެވެ. އަދި އެފަދަ ކަންކަން ނުފެތުރުމަށް އިލްތިމާސް ކުރި އެވެ.
އިލްމުވެރީންގެ އެ ކަންބޮޑުވުމާ އެކު ދިރާގުން ވަނީ އެ ޕޯސްޓް ޑިލީޓް ކޮށްފައެވެ. އަދި ފަހުން ވަނީ ރޯދައިގެ ތަހުނިޔާ ފޮނުވާ އާ ޕޯސްޓެއް ކޮށްފައެވެ. އެ ޕޯސްޓް ގައި ހިމަނާފައި އޮތީ ރޯދަ ފަރުލު ކުރައްވާ ބާއްވާލެއްލެވި ގުރުއާންގެ އާޔަތެވެ،
އާންމުންގެ ބައެެއް މީހުން ވަނީ ބޮޑެތި ކުންފުނިތަކުން ކުރާ ޕޯސްޓްތައް -- ހާއްސަކޮށް ދީނީ ޕޯސްޓްތައް ރަނގަޅަށް ބެލުމަށް ފަހު ނޫނީ ކޮށްގެން ނުވާނެ ކަމަށް ބުނެ ޝުއޫރުފާޅު ކޮށްފަ އެވެ.
ދިރާގުން މިފަދަ ޕޯސްޓެއް އާންމުކުރިއިރު ދީނުގައި ކަންއޮތްގޮތް އިލްމުވެރީން ބަޔާން ކޮށްދިނުމުން ދުލުން ނިޔަތް ކިޔުން ދިވެހިންގެ ތެރެއިން ނެތި ގޮސްފައިވާތާ ގިނަ އަހަރުތަކެއް ވެއްޖެ އެވެ.