މި އޮޕަރޭޝަނު ގައި މާފުށި ޖަލުގެ ބައެއް ގޮޅިތައް ބަލައިފާސްކޮޮށް 22 މޯބައިލް ފޯނާއި 10 ޗާޖަރާއި 10 ހެޑްސެޓް/އެއާޕޮޑް ހޯދާފައިވެ އެވެ.
މަކަރާއި ހީލަތުން ފަސްލައްކަ ރުފިޔާ އަތުލާފައިވާ މައްސަލައަކާއި ގުޅިގެން މާފުށީ ޖަލުގެ ބައެއް ގޮޅިތައް ފާސްކޮށް ގިނަ އަދަދެއްގެ ފޯން އަތުލައިގެންފި އެވެ.
ދިވެހި ފުލުހުންގެ ހިދުމަތުން ބުނީ މި މަހުގެ ހަ ވަނަ ދުވަހު މާފުށި ޖަލުގައި ހިންގި އޮޕަރޭޝަނެއްގައި މޯބައިލް ފޯނުތަކަކާއި އެހެނިހެން ތަކެތި ހޯދައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ކަމަށެވެ. މި އޮޕަރޭޝަނަކީ ފުލުހުންގެ ހިދުމަތަށް ހުށަހެޅި ބަލަމުންދާ މަކަރާއި ހީލަތުން ފަސްލައްކަ ރުފިޔާ އަތުލާފައިވާ މައްސަލައަކާއި މަކަރާއި ހީލަތުގެ އިތުރު އެހެން މައްސަލައަކާ ގުޅިގެން ހިންގި އޮޕަރޭޝަނެއް ކަމަށް ވެސް ބުންޏެވެ.
މި އޮޕަރޭޝަނު ގައި މާފުށި ޖަލުގެ ބައެއް ގޮޅިތައް ބަލައިފާސްކޮޮށް 22 މޯބައިލް ފޯނާއި 10 ޗާޖަރާއި 10 ހެޑްސެޓް/އެއާޕޮޑް ހޯދާފައިވެ އެވެ.
މީގެ އިތުރުން ދެ ސިމްކާޑާއި މޯބައިލް ފޯނުގެ ބައިތަކެއްގެ އިތުރުން މައްސަލައާ ގުޅުންހުރި އިތުރު ހެކި ހޯދާ ފައިވާ ކަމަށް ބުންޏެވެ.
މަކަރާއި ހީލަތުން ފައިސާ ހޯދުމުގެ މައްސަލަތައް އޮތީ ކަންބޮޑުވާ މިންވަރަށް އިތުރުވެފައެވެ. ބުރަ މަސައްކަތުން ހޯދާ ފައިސާ ހީލަތްތެރީންގެ މަޅީ ގައި ޖެހި ގެއްލިގެން ދަނީ ވަގުތުކޮޅެއްގެ ތެރޭ ގައެވެ. މިފަދަ ސްކޭމް އެންމެ ގިނައިން ހިންގަނީ ޖަލުގައި ތިބޭ ގައިދީންނެވެ.
ޖަލަށް ފޯނު ވެއްދުމަކީ މަނާ ކަމެއް ނަމަވެސް ބައެއް ގައިދީން ބޭނުން އިރަކު އެ މީހުން ބޭނުން ބަޔަކަށް ގުޅަން ޖަލުގައި ފޯނު ގެންގުޅެ އެވެ. ޖަލަށް ފޯނު ވައްދައިދޭ އޮފިސަރުން އުޅެ އެވެ. ބައެއް އޮފިސަރުން އެކަން ކުރަނިކޮށް ފަޅާ އަރާފައި ވެސް ވެ އެވެ.
ބައެއް ޖަލު އޮފިސަރުން އެކަން ކުރަނީ ބޮޑެތި އަދަދުތަކުން ފައިސާ ނަގައިގެން ކަމަށް ތުހުމަތު ކުރެވެ އެވެ.
މިޤައުމު މިއޮތީ ކަރަޕްޝަންގެ ބޮޑު ހާއްޔަކަށް ވެފައި. ޖަލަކީ ބަލާ ފާސްކޮށް އެއްޗެއްނެެތްކަން ކަށަވަރުކޮށްފައިމެނުވީ މީހަކަށް ވަދެވޭ ތަނެއްނޫން. ވީމާ ތިތަނަށް ސާމާނު ވައްދައިދެނީ ޖަލުގެ ގާޑުންކަމާ މެދަކު ޝައްކެތްނެތް. އެކަމަކުވެސް މިތަކެތި އަތުލީމަ އެ ހިސާބުން އެ ނިމުނީ. ތި އެތެރެވި ގޮތެއް، އެކަމުގައ ބައިވެރިވި ބައެއް ބަލާނެެކަމެއްނެތް. އަނެއްކާ މާދަމާ ފޯނު ވައްދަންވީ. އެއްކަލަ ގާޑު މީހާއަށް ލިބޭ ކަމިޝަން އިތުރުވީ. އެޅުނު ފިޔަވަޅެއް ނެތް