އައްޑޫ ބްރިޖު ސާވޭގެ މަސައްކަތައް ނިންމާލައިފި

މި ބްރިޖަކީ 14 ކިލޯމީޓަރުގެ ދިގު ބްރިޖެކެވެ. މި ބްރިޖުގެ އަމަލީ މަސައްކަތް މި އަހަރު ފަށަން ސަރުކާރުން ދަނީ މަސައްކަތް ކުރަމުންނެވެ.

އަރަބް ކޮންޓްރެކްޓާސްގެ ސާވޭ ޓީމުން ސާވޭ ކުރަނީ -- އިންފްރާސްޓްރަކްޗަރު

ރާއްޖޭގައި މިހާތަނަށް އަޅާ އެންމެ ދިގު ބްރިޖު ކަމަށްވާ ހުޅުމީދޫހިތަދޫ ބްރިޖު އަޅަން މިސްރުގެ އަރަބް ކޮންޓްރެކްޓާސް އިން ސާވޭގެ މަސައްކަތް ނިންމާލައިފި އެވެ. 

މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗަރު މިނިސްޓްރީން ބުނީ ހިތަދޫ-ހުޅުމީދޫ ބްރިޖް މަޝްރޫޢުގެ  ޑިޒައިން ތައްޔާރުކުރުމަށްޓަކައި ފުރަތަމަ ސާރވޭ ކުރުމުގެ މަސައްކަތްތައް އަރަބި ކޮންޓްރެކްޓަސް ކުންފުނިން ފެށީ މި މަހުގެ ހަ ވަނަ ދުވަހު ކަމަށެވެ. 

އަރަބް ކޮންޓްރެކްޓާސްގެ ސާވޭ ޓީމުން ސާވޭ ކުރަނީ

މި ސާވޭއަށްފަހު އެނގޭނެ މައުލޫމާތު

  •  ބްރިޖުގެ އަޅާނެ ގޮތް
  •  ބްރިޖަށް ދާނެ ހަރަދުގެ އަންދާޒާ

ގާތްގަނޑަށް 14 ކިލޯމީޓަރުގެ ދިގު އައްޑޫ ބްރިޖްގެ ޕްރިލިމިނަރީ ޑިޒައިންނާއި ސާވޭގެ މަސައްކަތް ހަވާލު ކުރީ މިސްރު ސަރުކާރުގެ ކުންފުންޏެއް ކަމަށްވާ "ދަ އަރަބް ކޮންޓްރެކްޓާސް" އާއެވެ. އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ މިދިޔަ މަހުގެ ފަހުކޮޅު އެވެ. މި އެއްބަސްވުމުގައި ދިވެހި ސަރުކާރުގެ ފަރާތުން ސޮއި ކުރެއްވި އިންފްރާ މިނިސްޓަރު ޑރ. އަބްދުﷲ މުއްތޮލިބެވެ. ދަ އަރަބް ކޮންޓްރެކްޓާސް - އޮސްމާން އެންޑް އަހުމަދު އޮސްމާން އެންޑް ކޯގެ ފަރާތުން ސޮއި ކުރެއްވީ އިންޖިނިއާ ހެބާ އަހުމަދު ލައިލާ އެވެ. 

އަރަބް ކޮންޓްރެކްޓާސްއާއެކު އެމްއޯޔޫގައި ސޮއިކުރެއްވުމަށްފަހު އިންފްރާސްޓްރަކްޗަރު މިނިސްޓަރު ޑރ، މުއްތޮލިބު ވިދާޅުވީ މިއީ ހަމައެކަނި ފީޒިބިލިޓީ ހެދުމާއި ޑިޒައިން ހެދުމަށް ސޮއިކުރި އެއްބަސްވުމެއް އެކަނި ނޫން ކަމަށާ މި އެމްއޯޔޫއާއެކު މަސައްކަތް ފެށުމުގެ އަމަލީ މަސައްކަތް ވެސް ފެނިގެންދާނެ ކަމަށެވެ.

"މި [އައްޑޫ ބްރިޖު] މަސައްކަތް އިއުލާނުކޮށްލުމާއެކު ޗައިނާގެ ވަރަށް ގިނަ ކުންފުނިތަކުން ވެސް ޝައުގުވެރިކަން ފާޅުކުރި. އެކަމަކު އަރަބް ކޮންޓްރެކްޓާސްއިން މިކަމަށް ޝައުގުވެރިކަން ފާޅުކޮށް، ގާތުން މަސައްކަތްކޮށް އެމްއޯޔޫގައި ސޮއި ކުރެވިގެން މިދަނީ. މިއީ ހަމައެކަނި ދިރާސާތައް ކޮށްފަ ޑިޒައިންތައް ހެދުމެއް ނޫން. އަރަބް ކޮންޓްރެކްޓާސް އިން ބޭނުންވަނީ މި މަސައްކަތް ނިންމައި މި މަސައްކަތް އައްޑޫ ރައްޔިތުންނަށް ކޮށްދޭ ފަރާތަކީ އަރަބް ކޮންރެކްޓާސް ކަމުގައިވުން. އެހެންވީމަ މި އެމްއޯޔޫއާއެކު ހަރަދުތައް އެނގި ކަށަވަރުވުމާއެކު އެއަށް ބޭނުންވާ ހަރަދުތައް އެނގުމާއެކު އީޕީސީ [އިންޖިއަރިން ޕްރޮކިއުމަންޓް އެންޑް ކޮންސްޓަރަކްޝަން ކޮންޓްރެކްޓާސް] އަކަށް ދެވޭނެ. އެހެންވެ އެކަންކުރުމަށް މި މަސައްކަތް ކުރަން މި ސޮއިކުރީ،" މުއްތޮލިބު ވިދާޅުވި އެވެ.

އަރަބް ކޮންޓްރެކްޓާސް - އަރަބް ކޮންޓްރެކްޓާސް ކުންފުންޏަކީ 1955 ވަނަ އަހަރު އުފަންވި ކުންފުންޏެކެވެ. މިއީ މިސްކު ސަރުކާރުގެ ހިއްސާވާ ކުންފުންޏެވެ. އެ ކުންފުނިން މެދުއިރުމައްޗާއި ޔޫރަޕު އަދި އޭޝިއާގައި ބޮޑެތި މަސައްކަތްތަކެއް ކުރަމުން ގެންދެ އެވެ. ޔޫރަޕުގެ ކޮސޯވޯ އާއި ބޮސްނިޔާ އަދި ޕޯލެންޑުގައި ވެސް މަޝްރޫއުތައް ހިންގަ އެވެ. ގިނަ އަދަދެއްގެ ބްރިޖުގެ މަސައްކަތް ކުރަމުން ގެންދާ ކުންފުންޏެކެވެ. އެފްރިކާ ބައްރުގައި ބްރިޖެ އެޅުމުގެ މަސައްކަތްތަކުގައި އެންމެ ގާބިލް އެއް ކުންފުންޏެވެ. ދުނިޔޭގެ ރިކޯޑްފޮތުން ޖާގަ ހޯދާފައިވާ "ތަހްޔާ އަލް މިސްރް" ބްރިޖަކީ ވެސް ދަ އަރަބް ކޮންޓްރެކްޓާސް އިން އެޅި ބްރިޖެކެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.