ރަދޫގައި ހިންގި އޮޕަރޭޝަނުގައި ސްޕާއެއްގެ ގޮތުގައި ހިންގާ ތަނެއް ބަލައި ފާސްކޮށް ދިވެހި ފިރިނެކަކާއި އިންޑިއާ ފިރިހެނަކާއި ތައިލެންޑުގެ ދެ އަންހެނުންނާއި މިއަންމާގެ ފިރިހެނަކު ހައްޔަރުކޮށް ކޯޓަށް ހާޒިރުކޮށް ބަންދު ޖަހާފައިވެ އެވެ.
ފުލުހުން ބުނީ އިންޓެލިޖެންސަށް މައުލޫމާތު ލިބިގެން މި މަހުގެ ހަތް ވަނަ ދުވަހު ސިޓީގެ ވެރިރަށް ހިތަދޫ އާއި މަރަދޫ ހިންގި އޮޕަރޭޝަނެއްގައި ހިތަދޫން ގެއެއް ބަލާ ފާސް ކޮށް ދެ ފިރިހެނުންނާއި ތިން އަންހެނުން ހައްޔަރު ކޮށްފައިވާ ކަމަށެވެ.
އަދި އެ މީހުންގެ ބަންދަށް އިއްޔެ ހިތަދޫ މެޖިސްޓްރޭޓް ކޯޓުން 14 ދުވަސް ދީފައިވާ ކަމަށެވެ.
މީގެ އިތުރުން މަރަދޫގައި ހިންގި އޮޕަރޭޝަނުގައި ސްޕާއެއްގެ ގޮތުގައި ހިންގާ ތަނެއް ބަލައި ފާސްކޮށް ދިވެހި ފިރިނެކަކާއި އިންޑިއާ ފިރިހެނަކާއި ތައިލެންޑުގެ ދެ އަންހެނުންނާއި މިއަންމާގެ ފިރިހެނަކު ހައްޔަރުކޮށް ކޯޓަށް ހާޒިރުކޮށް ބަންދު ޖަހާފައިވާ ކަމަށް ވެސް ބުންޏެވެ.