އާޒިމާގެ ފާޑުވިދާޅުވުން ދައުލަތަށް: ކޮންފަދަ ލަދުވެތި އަމަލުތަކެއްް

އާޒިމާ ވިދާޅުވީ މިއީ ފަހުގެ ތާރީހެއްގައި ހުކުމެއް ބޮޑުވެގެން ދައުލަތުން އެކަން އިސްތިއުނާފު ކުރާ ފުރަތަމަ ފަހަރު ކަމަށެވެ. އަދި އެއީވެސް އެއްޖިންސުން ގުޅުން ހިންގި ކަމުގެ އަންމު އިއުތިރާފެއްވެ އެކަން ސާބިތުވި މީހެއްގެ މައްސަލަ ކަމަށެވެ.

ކުރީގެ ބަންޑާރަ ނާއިބު އައިޝަތު އާޒިމާ ޝަކޫރު --

ބަންގްލަދޭޝްގެ ރައްޔިތެއް ކަމަށްވާ އެމްޑީ އަލަމްގީރްއާއެކު އެއްޖިންސުން ޖިންސީ ގުޅުން ހިންގި ފުލުސް މީހާ އަބްދުއްރަހްމާނު ރަފީއު އެއް އަހަރާއި ދެ މަހަށް ޖަލަށްލާން ކްރިމިނަލް ކޯޓުން އިއްވި ހުކުމްގައި އަދަބު ކަނޑައެޅި ގޮތާމެދު ހިތްހަމަ ނުޖެހޭތީ އެ މައްސަލަ ހައިކޯޓްގައި އިސްތިއުފާނު ކުރަން ނިންމުމުން ކުރީގެ ބަންޑާރަ ނާއިބު އައިޝަތު އާޒިމާ ޝަކޫރު ފާޑުވިދާޅުވެއްޖެ އެވެ.

ޕީޖީ އޮފީހުގެ ޕަބްލިކް ޕްރޮސެކިއުޓާ އަހްމަދު ޝަފީއު "މި" ނޫހަށް ވިދާޅުވި ގޮތުގައި އަބްދުއްރަހްމާނު ރަފީއުގެ މައްޗަށް އުފުލި ދައުވާއަށް އޭނާ އިއުތިރާފުވެފައިވާ ކަމަށާ އެހެން ކަމުން ދައުލަތުން އެދުނީ އަސާސީ އަދަބެއްގެ ގޮތުން ހަތް މަހާއި ހަ ދުވަހުގެ ޖަލު ހުކުމެއް އިއްވައި ދިނުމަށް ކަމަށެވެ.

ނަަމަވެސް މައްސަލަ ބެއްލެވި ގާޒީ ނިންމެވީ އަބްދުއްރަހްމާނު ރަފީއު، އެއް އަހަރާއި ދެ މަހަށް ޖަލަށްލުމަށެވެ. ޝަފީއު ވިދާޅުވި ގޮތުގައި އަދަބު ކަނޑައެޅި ގޮތާމެދު ހިތްހަމަނުޖެހޭތީ އެކަން ހައިކޯޓްގައި އިސްތިއުފާނު ކުރުމަށް ވަނީ ނިންމާފައެވެ. އަދި މިފަދަ އެހެން މައްސަލަތަކުގައި އަދަބު ކަނޑައެޅި ގޮތާއި ތަފާތުކޮށް މި މައްސަލާގައި އަދަބު ކަނޑައެޅުމުގައި ގާނޫނީ ސަބަބެއް އޮތް ކަމަށް ޕީޖީ އޮފީހަށް ގަބޫލެއް ނުކުރެވެއެވެ.

ޕީޖީގެ އެ ނިންމާއި ގުޅޭގޮތުން އާޒިމާ ވިދާޅުވީ މިއީ ފަހުގެ ތާރީހެއްގައި ހުކުމެއް ބޮޑުވެގެން ދައުލަތުން އެކަން އިސްތިއުނާފު ކުރާ ފުރަތަމަ ފަހަރު ކަމަށެވެ. އަދި އެއީވެސް އެއްޖިންސުން ގުޅުން ހިންގި ކަމުގެ އަންމު އިއުތިރާފެއްވެ އެކަން ސާބިތުވި މީހެއްގެ މައްސަލަ ކަމަށެވެ.

"ކޮންފަދަ ނުބައި މެސެޖެއްތޯ މިއީ ޒުވާން ޖީލަށް،"

އާޒިމާ ވަނީ ޖިންސީ ގޯނާގެ ތުހުމަތުތަކެއް އޮތް ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދުއާމެދު ދައުލަތުން އަމަލުކުރި ގޮތްވެސް ހަނދާން އައުކޮށްފައެވެ. އެއީ އެފަދަ ބޮޑު ތުހުމަތެއް ކުރެވިފައި ވަނިކޮށް އަލީ ވަހީދު ދޫކޮށްލާފައި ބަހައްޓާ އަދި އެންމެ ފަހުން ބޭސްފަރުވާގެ ފުުރުސަތު ދީ ބޭރަށް ފޮނުވާލި ފޮނުވާލުމަށެވެ.

"ކޮން ފަދަ ލަދުވެތި އަމަލުތަކެއް،" އާޒިމާގެ ފޭސްބުކްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައިވެއެވެ.

އަލަމްގީރް އަކީ ރާއްޖޭގެ ހައި ޕްރޮފައިލް ސިޔާސީ މީހުނާއި ވިޔަފާރި ވެރިންނާއި ފުލުހުންނާއި ސިފައިންނާއި ރިސޯޓް މުވައްޒަފުންނާއި ވަކި ވަކީން އެއް އެނދެއްގައި އެއް ޖިންސުން ގުޅުން ހިންގި ކަމަށް އާންމު އިއުތިރާފެއް ވެފައިވާ މީހެކެވެ. އޭނާ އާއިއެކު ގުޅުން ހިންގި ކަމަށް ރަފީއު ވަނީ ކޯޓުގައި އިއުތިރާފްވެފަ އެވެ.

އަލަމްގީރުގެ ނެޓްވޯކްގައި ހިމެނޭ މީހުންގެ އަދަދު ސާޅީހުން މަތީގައި ވާއިރު މިހާތަނަށް ނިމިފައިވަނީ އޭނާގެ މައްސަލަ އާއި ކެނެރީގެ، ނާޒިމް ސައްތާރުގެ މައްސަލަ އެވެ. މި ދެ މައްސަލަވެސް ނިމުނީ ދާދި އެއްގޮތަށެވެ. އެ ދެ މީހުންވެސް ވަނީ ޝަރީއަތުގައި ކުށަށް އިއުތިރާފުވެފައެވެ. އަދި އެ މީހުން ވަނީ ތައުބާވެ ރައްޔިތުންގެ ކިބައިންވެސް މާފަށް އެދިފައެވެ.

ނާޒިމް ސައްތާރަށް އައީ ތިން މަހާއި 26 ދުވަހުގެ ގޭ ބަންދެކެވެ. އަލަމްގީރުގެ މައްޗަށް އުފުލި ތިން ދައުވާއަށް އައީ ހަތް މަހުގެ ޖަލު ހުކުމެކެވެ.

ރަފީއުގެ އަދަބު ދެ ދަރަޖަ ބޮޑުކޮށް ކުރީ ގާޒީއަށް ލިބިދޭ އިހުތިޔާރުގެ ދަށުން ކަމަށް ހުކުމް އިއްވަަވަމުން ވިދާޅުވެފައިވެއެވެ. އަލަމްގީރު ވަނީ އޭނާއާއެކު ގުޅުން ހިންގި ވަރަށް ގިނަ މީހުންގެ ވީޑިއޯ ސިއްރުން ރެކޯޑް ކޮށްފައެވެ. އޭގެ ތެރޭގައި ރަފީއުވެސް ހިމެނެއެވެ. ރަފީއުގެ ވީޑިއޯވެސް ވަނީ އާންމުވެފައެވެ. ވީޑިއޯގައި އޭނާ، އަލަމްގީރުއާއެކު އެއްޖިންސުން ގުޅުން ހިންގާ ލިވާތު ކުރާ މަންޒަރުވެސް ފެނެއެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.