ރާއްޖޭ 40 ވަނަ އައިޓީބީގައި 100 އަށްވުރެ ގިނަ ކުންފުންޏާއެކު

ރާއްޖޭން އެންމެ ފުރަތަމަ އައިޓީބީގައި ރަސްމީކޮށް ބައިވެރިވީ 1984 ވަނަ އަހަރު އެވެ. މިއީ ބޭރުގައި ބައިވެރިވި ފުރަތަމަ ޓޫރިޒަމް ފެއާ އެވެ.

އައިޓީބީގައި ޓޫރިޒަމް ސިނާއަތުގެ ބައެއް ފަރާތްތަކާއެކު ޓޫރިޒަމް މިނިސްޓަރު އިބްރާހިމް ފައިސަލް

މިއީ ދުނިޔޭގެ އެންމެ ބޮޑު ޓޫރިޒަމް ފެއާ އެވެ. އަދި މިއީ ރާއްޖެ ދުނިޔެއަށް ހުޅުވިގެން ދިޔަ، ދިވެހން ފުރަތަމަ ބައިވެރިވި ބޭރުގެ ޓޫރިޒަމް ފެއާ އެވެ. މި އަހަރުގެ މި ފެއާ މިވަނީ ރާއްޖޭގެ 100 އަށްވުރެ ގިނަ ޓޫރިޒަމް ވިޔަފާރިތަކާއެކު ފަށާފަ އެވެ. 

މޯލްޑިވްސް މާކެޓިން އެންޑް ޕީއާރު ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) އިން އިސް ނަގައިގެން ރާއްޖޭން ކޮންމެ އަހަރަކުވެސް ގިނަ ބަޔަކު ބައިވެރިވާ މި ފެއާގައި މި އަހަރު ރާއްޖޭގެ 107 ޓޫރިޒަމް ވިޔަފާރި ކުންފުނިން، 214 މަންދޫބުން ބައިވެރިވެފައިވެ އެވެ.

ޖަރުމަނުގެ ބާލިންގެ މެސޭ ބާލިން ފެއާ ގްރައުންޑުގައި ކުރިއަށްދާ މި އަހަރުގެ އައިޓީބީ ފެއާގައި ރާއްޖޭގެ ވަފުދުގެ އިސް ފަރާތެއްގެ ގޮތުގައި ބައިވެރިވައިގަތީ ޓޫރިޒަމް މިނިސްޓަރު އިބްރާހިމް ފައިސަލް އެވެ. މީގެ އިތުރުން ޗެއާޕާސަން އައިޝަތު ނޫރައިން ޖަނާހު އާއި އެ ކުންފުނީގެ އެމްޑީ އައިމިނަތު ތައުފީގުގެ ވެސް ބައިވެރިވަޑައިގަތެވެ.

އައިޓީބީގައި އެމްއެމްޕީއާރުސީގެ އިސްވެރިންނާއެކު އިންޑަސްޓްރީގެ ބައެއް ފަރާތްތައް

މި އަހަރުގެ އައިޓީބީ ފެއާ ކުރިއަށްދާނީ މިމަހުގެ 5 އިން 7 ގެ ނިޔަލަށެވެ. މި އަހަރުވެސް ތަފާތު ހުށަހެޅުންތަކާ ބެހޭ އެންމެ ފަހުގެ އަޕްޑޭޓްތައް ދަނީ ހިއްސާ ކުރައްވަމުންނެވެ. ރާއްޖޭގެ 504 އަކަމީޓަރުގެ ދެބުރިއަށް ހަދާފައިވާ ރާއްޖޭގެ ސްޓޭންޑަށް ޒިޔާރަތްކުރާ ފަރާތްތަކުން ރާއްޖޭގެ މައުލޫމާތު ދަނީ ދެމުންނެވެ. މި އަހަރު ރާއްޖޭގެ ސްޓޭންޑްގެ ޑިޒައިންކޮށްފައިވަނީ ރާއްޖޭގެ މަންޒަރު ސިފަވާ ގޮތަށެވެ. މި ސްޓޭންޑްގައި 104 ކޯ އެގްޒިބިޓަރު ކައުންޓަރާއި 60 ބ2ީބީ މީޓިން މޭޒު ބަހައްޓާފައިވެ އެވެ. އަދި ދުނިޔޭގެ ލީޑިންގ ޑެސްޓިނޭޝަނަށް ޒިޔާރަތްކުރުމަށް ބާރުއެޅުމަށް ފަތުރުވެރިން ޝައުގުވެރިވާ ފަދަ ރާއްޖޭގެ ހިތްގައިމު
މަންޒަރުތަކާއި ތަޖުރިބާތައް ދައްކުވައިދޭ އެލްއީޑީ ސްކްރީންތައް ބަހައްޓާފައިވެ އެވެ.

އައިޓީބީގައި ހުރި ރާއްޖޭގެ ރިސޯޓެއް ޑެސްކެއް

މި އިވެންޓްގައި ރާއްޖޭގެ ސްޓޭންޑަށް ޒިޔާރަތް ކުރާ ފަރާތްތަކަށް ގިނަ އިނާމު ތަކެއް ވެސް ދޭނެ އެވެ. މި އަހަރުގެ ފެއާގައި "މޯލްޑިވްސް މީޑިއާ މީޓު" ގެ ނަމުގައި ރާއްޖޭގެ ޓޫރިޒަމްގެ މައުލޫމާތު ވަނީ ޖަރުމަނާއި ދުނިޔޭގެ މަޝްހޫރު މީޑިއާތަކަށް ދީފަ އެވެ. މި މައުލޫމާތު ދެއްވީ އެމްއެމްޕީއާރުސީގެ އެމްޑީ އަދި ސީއީއޯ ފާތުމަތު ތައުފީޤުގެ އިތުރުން މި ޓޫރިޒަމް މިނިސްޓަރު އިބްރާހިމް ފައިސަލް އާއި އެމްއެމްޕީއާރުސީ ބޯޑުގެ ޗެއާޕާސަން ނޫރައިން ޖަނާހް އާއި ރައީސްގެ އެޑްވައިޒަރު މުހައްމަދު ހަލީލެ އެވެ. ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތުގެ ތެރޭގައި މިހާރު ހިންގަމުންދާ މަސައްކަތާއި މި ސިނާއަތުގެ ކުރިމަގާ ބެހޭ ގޮތުން ވާހަކަ ދައްކަވ،ާ އެ ބޭފުޅުންގެ އަގުހުރި ވިސްނުންތަކެއް މި ނޫސްވެރިންގެ ބައްދަލުވުމުގައި ހިއްސާކުރާނެ އެވެ.

ޖަރުމަނަކީ ރާއްޖޭގެ ގަދަ 10 މާކެޓްގައި ހިމެނޭތާ ގައުމެވެ. އެ ގައުމުން ރާއްޖެއަށް މިމަހުގެ ނިޔަލަށް 27,563 ޓޫރިސްޓުން އައިސްފައިވެ އެވެ. 

އައިޓީބީ - މި ފެއާއަކީ ޔޫރަޕަށް ރާއްޖެ ގުޅުގެން ގޮސް ޔޫރަޕު މީހުންގެ މެދުގައި ރާއްޖޭގެ މަގުބޫލުކަން އުފުލިގެން ދިއުމުގައި މުހިންމު ރޯލެއް ކުޅުނު ފެއާ އެވެ. ރާއްޖޭން އެންމެ ފުރަތަމަ ޓޫރިޒަމް ފެއާއެއްގައި ބައިވެރިވެފައި ވަނީ 1983 ވަނަ އަހަރު އެވެ. މި ފެއާއަށް ފުރަތަމަ ދަތުރުކުރީ ރާއްޖޭގެ އެންމެ ބޮޑު އެއް ދިވެހި ޓޫރިޒަމް ބްރޭންޑް ޔުނިވާސަލް ކުންފުނިންނެވެ. މި ދަތުރުގައި ބައިވެރިވެ ވަަޑައިގަތީ މުހައްމަދު އުމަރު މަނިކް (އެމްޔޫ) އާއި އަހުމަދު މާހިރު ދީދީ އެވެ. މިއީ އައިޓީބީ ފެއާ އެވެ. އޭގެ ފަހުން ސަރުކާރުން މި ފެއާއަށް ދިޔައީ މާރިޗް 3، 1984 ވަނަ އަހަރު އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.