އޭގެ އިތުރުން، އެ ވުޒާރާތައް އުފައްދާ ތާރީހުން ފެށިގެން 14 ދުވަހުގެ ތެރޭގައި އެތަންތަނުގެ މަސައްކަތަށް ބޭނުންވާ ސިޔާސީ މުވައްޒަފުންގެ އަދަދު، މަޖިލީހަށް ހުށަހަޅައި ފާސްކުރަން ވާނެ ކަމަށް ވެސް އެ އިސްލާހުގައި ބާޔާންކޮށްފައިވެ އެވެ.
ސަރުކާރު އެކުލަވާލުމަށްފަހު އެ ދައުރަކަށް އެކުލަވާލާ މިނިސްޓްރީތަކުގެ އަދަދާއި ސިޔާސީ ވަޒީފާތަކުގެ އަދަދު ރައްޔިތުންގެ މަޖިލީހަށް ފޮނުވައި، މަޖިލީހުން ފާސްކުރަން ޖެހޭ ގޮތަށް ގާނޫނުއަސާސީ އިސްލާހު ކުރަން ހުށަހަޅައިފި އެވެ.
ގާނޫނުއަސާސީ 116 ވަނަ މާއްދާއަށް މި އިސްލާހުތައް ގެންނަން މަޖިލީހަށް ބިލެއް ހުށަހެޅުއްވީ ގަލޮޅު އުތުރު ދާއިރާގެ މެންބަރު އީވާ އަބްދުﷲ އެވެ.
އެ އިސްލާހުގައި ބަޔާންކޮށްފައި ވަނީ، ސަރުކާރުން އުފައްދަން ބޭނުންވާ އެންމެހައި ވުޒާރާތައް އުފައްދާ ދުވަހުން ފެށިގެން ހަތް ދުވަހުގެ ތެރޭގައި، އެ ވުޒާރާތަކުގެ އަދަދާއި މަސައްކަތު ދާއިރާތައް މަޖިލީހުން ފާސްކުރަން ރައީސުލްޖުމްހޫރިއްޔާ ހުށަހަޅަން ވާނެ ކަމަށެވެ.
އަދި، ސަރުކާރުން އުފައްދަން ބޭނުންވާ ވުޒާރާތަކާއި ވުޒާރާތަކުގެ މަސައްކަތުގެ ދާއިރާތައް ކަނޑައަޅާފައިވާ ގޮތާމެދު މަޖިލީހަށް ގެންނަ ހިޔާލާއި މަޝްވަރާ ރައީސްއަށް ހުށަހެޅިދާނެ ކަމަށެވެ.
އޭގެ އިތުރުން، އެ ވުޒާރާތައް އުފައްދާ ތާރީހުން ފެށިގެން 14 ދުވަހުގެ ތެރޭގައި އެތަންތަނުގެ މަސައްކަތަށް ބޭނުންވާ ސިޔާސީ މުވައްޒަފުންގެ އަދަދު، މަޖިލީހަށް ހުށަހަޅައި ފާސްކުރަން ވާނެ ކަމަށް ވެސް އެ އިސްލާހުގައި ބާޔާންކޮށްފައިވެ އެވެ.
މިހާރު ގާނޫނު އޮތް ގޮތުން ބޭނުން ވަރަކަށް ވުޒާރާތާކާއި ސިޔާސީ މަގާމުތައް އުފެއްދުމުގެ އިހުތިޔާރު ރައީސުލްޖުމްހޫރިއްޔާއަށް ލިބިވަޑައިގެންވެ އެވެ. މިނިސްޓްރީތަކުގެ އަދަދު އެއް ވެރިކަމުން އަނެއް ވެރިކަމަށް ގިނަވަމުން އަންނައިރު، ބައެއް މިނިސްޓްރީތަކުގައި މިހާރު ވެސް 15 ނައިބް މިނިސްޓަރުން އެބަ ތިއްބެވެ.
ދެން ތިގޮތަށް ފާސްކޮށްފަ ކަލޭމެނަށް ވެރިކަން ލިނބުނީމަ ކުރިންހުރި ގޮތަށް ބަދަލު ކޮށްލާނީދޯ؟ ރިއުޅެނީ ހަޖަމު ނުވެގެން. ކޮށްފަ ނުކުރާނެ ކަމެއް ނޭގިގެން.