މި އަހަރުގެ އައިޓީބީ | ގިނަ ދިވެހިން، ރަށް ޕްރޮމޯޓް ކުރަން ކައުންސިލް

މި އަހަރުގެ އައިޓީބީ ފެއާގައި ރާއްޖޭގެ 100 އަށްވުރެ ގިނަ ވިޔަފާރިން 200 އަށްވުރެ ގިނަ މީހުން ބައިވެރިވެ އެވެ.

ރާއްޖޭގެ ސްޓޯލުގެ ކުރެހުމެއް : މި އަހަރުގެ ފެއާގައި ދިވެހި ގިނަ ވިޔަފާރިތަކެއް ބައިވެރިވާނެ

އަންގާރަ ދުވަހު ޖަރުމަނު ވިލާތުގައި ފަށާ ދުނިޔޭގެ އެންމެ ބޮޑު ޓޫރިޒަމް ފެއާ، އައިޓީބީ ބާލީން ހުރިހާ ގޮތަކުންވެސް ތަފާތުވެ އެވެ. މި އަހަރުގެ ފެއާގެ އެންމެ ބޮޑު އެއް ތަފާތަކީ މި އަހަރަކީ މިހާތަނަށް އެންމެ ގިނަ ދިވެހި ކުންފުނިތައް ބައިވެރިވާ ފެއާއަށްވުމެވެ. މިއާއެކު މި އަހަރު ފެނިގެން ދާނެ އެންމެ ބޮޑު އަނެއް ބަދަލަކީ ބައެއް ކައުންސިލްތައް ރަށް ޕްރޮމޯޓް ކުރަން ބައިވެރިވުމެވެ. 

ރާއްޖޭގެ ޓޫރިޒަމް ޕްރޮމޯޝަން ބޯޑް، އެމްއެމްޕީއާރުސީން ރާއްޖޭން ބައިވެރިވާ ހުރިހާ ފަރާތްތަކެއްގެ ކަންކަން ބަލަހައްޓަން ތައްޔާރުވެފައިވާއިރު، ފެއާގައި 107 ކުންފުނިން ޖުމްލަ 247 ފަރާތަކުން މަންދޫބުން ބައިވެރިވާނެ އެވެ. މި މަންދޫބުންގެ ތެރޭގައި ރާއްޖޭގައި ތިބި އެންމެ ބޮޑެތި ހުރިހާ ކުންފުނިތަކެއްވެސް ހިމެނެ އެވެ. މީގެ ތެރޭގައި ދިވެހި ގިނަ އަދަދެއްގެ ޓްރެވަލް އެޖެންޓުންނާއި ދިވެހި ޓުއާ އޮޕަރޭޓަރުން ވެސް ހިމެނެ އެވެ. 

ސަރުކާރުން ރާއްޖޭގެ ވަފުދުގެ އިސް ބޭފުޅެއްގެ ގޮތުގައި ބައިވެރިވަޑައިގަންނަވާނީ ޓޫރިޒަމް މިނިސްޓަރު އިބްރާހިމް ފައިސަލް އެވެ. 

މި ފަރާތްތަކުގެ އިތުރުން ރާއްޖޭގެ ލޯކަލް ޓޫރިޒަމް ޕްރޮމޯޓް ކުރާ ޖަމިއްޔާ ނޭޝަނަލް ހޮޓެލް އެންޑް ގެސްޓްހައުސް އެސޯސިއޭޝަން (އެންއެޗްގޭމް) އިން މި އަހަރު ވަކިން ބައިވެރިވެ އެވެ. އަދި ރާއްޖޭގެ އެންމެ ބޮޑު ގެސްޓްހައުސް އާބާދީއެއް އޮތް ކ. މާފުށިން ވެސް ބައިވެރިވެ އެވެ. 

ރާއްޖޭގެ ސްޓޯލުގެ ކުރެހުމެއް : މި އަހަރުގެ ފެއާގައި ދިވެހި ގިނަ ވިޔަފާރިތަކެއް ބައިވެރިވާނެ

ރާއްޖޭގެ ސްޓޭންޑް، ދިވެހި ފަރުމާ އެއް

މި އަހަރަށް އެމްއެމްޕީއާރުސީން ފަރުމާކޮށްފައިވާ އައިޓީބީ ސްޓޭންޑް ޑިޒައިންކޮށްފައިވަނީ ރާއްޖޭގެ މާހައުލުގެ ސިފަތައް ފެންނާނެ ގޮތަކަށެވެ. އެގޮތުން މި ފަހަރުގެ ސްޓޭންޑުގައި ރާއްޖޭގެ ރީތި ގޮނޑުދޮށާއި ނޫވިލު ކުލަ ހިމަނާފައިވެ އެވެ. ރާއްޖޭގެ ސްޓޭންޑުގެ ބޮޑު މިނުގައި 504 އަކަމީޓަރު ހުންނާނެ އެވެ. 

ރާއްޖޭގެ ސްޓޭންޑުގެ ބައިތައް

  •  ޑަބަލް ޑެކާ ސްޓޭންޑެއް
  •  ދެ އިންފޮމޭޝަން ކައުންޓަރު
  •  104 ކޯއެގްޒިބިޓާ ކައުންޓަރު
  •  ވީއައިޕީ މީޓިން ރޫމެއް
  •  މީޓިންތަކަށް ހާއްސަ އޭރިއާއެއް
  •  20 ބީޓުބީ މީޓިން ޓޭބަލެއް
  •  6 ފްލޯޓިން ޓޭބަލް
  •  ދެ ސްޓޯރޭޖް ކޮޓަރި
  •  އެއް ލޮކަރު ކޮޓަރި
  •  އެއް ކިޗަން / ޝޯޓް އީޓްސްއަށް
  •  އޮތެންޓިކް މޯލްޑިވްސް ޑިސްޕެލޭ އޭރިއާ
އައިޓީބީ 2024- އައިޓީބީ ފެއާ އޮންނާނީ ޖަރުމަނުގެ މެސޭބާލިންގަ އެވެ. އައިޓީބީ ބާލިން އަކީ ދުނިޔޭގައި ބާއްވާ އެންމެ ބޮޑު ޓްރެވަލް ޓްރޭޑް އެގްޒިބިޝަނެވެ. މި ފެއާ ފަށާފައިވަނީ އަހަރު އެވެ. ނަމަވެސް ކޯވިޑް-19 ގެ ސަބަބުން 3 އަހަރުގެ މެދުކެނޑުމަކަށްފަހު މި ޝޯ އެނބުރި އައީ މިދިޔަ އަހަރު އެވެ. މި ފެއާގައި 10،000 އަށް ވުރެ ގިނަ އެގްޒިބިޓަރުން ޝޯކޭސްކޮށް، ޓޮޕް ޓްރެވަލް ހިމެނޭ ގޮތަށް 160،000 އަށް ވުރެ ގިނަ މީހުން ޒިޔާރަތް ކުރެ އެވެ. މިދިޔަ އަހަރު ފެއާގައި 161 ގައުމަކުން 5،500 ސްޓޯލް ބެހެއްޓި އެވެ. އަދި ޓޫރިޒަމް ދާއިރާއިން 180 ޤައުމަކުން 90،127 މީހުން ބައިވެރިވެ އެވެ. މީގެ އިތުރުން 3،000 މީޑިއާ އަދި 333 ޓްރެވަލް ބްލޮގަރުން ފެއާގައި ބައިވެރިވާނެ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.