ކެއުމަށް 30 މިލިއަން ހަރަދު ކުރި ކަމަށް ބުނާ ވާހަކަ ދޮގުކޮށް، ސާފު ކޮށްދެއްވައިފި

ރައީސް ވިދާޅުވީ ގަބޫލުފުޅު ކުރެއްވެނީ ސަރުކާރުގެ މަސައްކަތްތައް ވަރަށް ސާފުކޮށް އެނގި ވަރަށް ދެފުށް ފެނަން ގޮތަށް ހާމަކޮށް ބޮޑުކޮށް ހުރިހާ އެންމެނަށް ކަންކަން އެނގެމުން ދާތީ އެކަންކަމަށް ދޭނެ ރައްދެއް ނެތީހެނެވެ.

ރައީސުލްޖުމްހޫރިއްޔާގެ ރަސްމީ ގެކޮޅު، މުލިއާގެ

އަމިއްލަފުޅު ގެކޮޅު ދިމްޔާތުގައި ހުންނެވި އިރު ހަރަދުތައް ކުރެއްވި ގޮތާއި ވެރިކަމުގެ 100 ދުވަސްތެރޭ ކެއުމުގެ ހަރަދަށް 30 މިލިއަން ހަރަދު ކުރި ކަމަށް ބުނާ ވާހަކަތައް ދޮގު ކުރައްވާ އެއަށް ރައީސް ރައްދު ދެއްވައިފި އެވެ.

އެ މަނިކުފާނު އެ މައްޗަށް ވާހަކަފުޅު ދެއްކެވީ "ރައީސްގެ ޖަވާބު" ޕްރޮގްރާމްގައި ށ. ފުނަދޫ މީހަކު ކުރި ސުވާލަކާ ގުޅިގެނެވެ. 

ރައީސް ވިދާޅުވީ ކުރިޔާ ހިލާފަށް މިހާރު ފެންނަނީ ހަގިގަތާ ހިލާފު ވަރަށް ބައިވަރު ވާހަކަތައް، އެއްވެސް ވަރެއްގެ ހަގީގަތަކާ ނުލައި ފަތުރަމުންދާ ތަން ކަމަށެވެ. އަދި ވިދާޅުވީ އެ މަނިކުފާގެ ގެކޮޅު ދިމްޔާތުގައި ހުންނެވި ދުވަސްކޮޅު ގެއަށް 25 މިލިޔަަން ރުފިޔާ ހަރަދު ކުރި ކަމަށް ބުނާ ވާހަކައަކީ ކަނޑައެޅިގެން ދޮގެއް ކަމަށެވެ.

"އަޅުގަނޑުގެ ގޭގައި އަޅުގަނޑު ހުރި ދުވަސްތަކަށް 25 މިލިއަން ހަރަދު ކުރި ވާހަކަ އެއީ ހަމަ ކަނޑައެޅިގެން ދޮގު ވާހަކައެއް. އަޅުގަނޑުގެ ގޭގައި ހުރީ އަޅުގަނޑު އަމިއްލައަށް ހަރަދު ކޮށްގެން ދައުލަތުގެ އެންމެ ރުފިޔާއެއް ވެސް ނުހުންނާނެ ގެއަށް ހަރަދު ކޮށްފައެއް... ގޭގައި ސެކިއުރިޓީން ވެސް ތިބޭ ހުރިހާ އެންމެން ވެސް އަޅުގަނޑުމެން ގޭގެ ހަރަދުގައި ތިބީ، ކެއުމުގެ ހަރަދުތައް ވެސް... ދައުލަތުން ހަރަދު ކުރާ ގޮތަށް އޮންނަނީ އެކަމަކު ވަރަށް ބޮޑަށް އަޅުގަނޑު ބޭނުންވީ އެއްވެސް ކަމެއްގައި އަޅުގަނޑުގެ އަތުން ނޫނިއްޔާ ގެއަށް އެއްވެސް ހަރަދެއް ނުކުރަން އެއީ ދުވަހަކު ވެސް ތިޔަ ފަދަ ވާހަކައެއް މީހަކު ބުނަން ވެސް ޗާންސް ދޭން ބޭނުން ނުވާތީ،" ރައީސް ތަފުސީލުކޮށް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ 100 ދުވަސް ތެރޭ ކެއުމުގެ ހަރަދަށް 30 މިލިއަން ހަރަދު ކުރި ކަމަށް ބުނާ އިރު ބުއްދީގެ ހަމައިން ބެލިއަސް 100 ދުވަހުގެ ތެރޭގައި ކާން 30 މިލިއަން ރުފިޔާ ހަރަދު ނުވާނެކަން އެނގޭނެ ކަމަށެވެ. އަދި މުލިއާގޭގެ ބަޖެޓްގައި ވެސް ކެއުމަށް އޮންނަނީ ހަރަކު ހަތްލައްކަ ރުފިޔާ ކަމަށެވެ.

"ތިރީސް މިލިޔަން ވެއްޖިއްޔާ ދުވާލަކު އެތައް ލައްކައެއް ހަރަދު ކޮށްގެން ނޫންތޯ 100 ދުވަސްތެރޭ 30 މިލިއަން ދާނީ"

ރައީސް ވިދާޅުވީ އެ މަނިކުފާނަށް މިހާރު ގަބޫލުފުޅު ކުރެއްވެނީ ސަރުކާރުގެ މަސައްކަތްތައް ރައްޔިތުންނަށް ވަރަށް ސާފުކޮށް  އެނގި ވަރަށް ދެފުށް ފެނަން ގޮތަށް ހާމަކޮށް ބޮޑުކޮށް ހުރިހާ އެންމެނަށް ކަންކަން އެނގެމުން ދާތީ އެކަންކަމަށް ދޭނެ ރައްދެއް އިދިކޮޅުގައި ނެތީ ކަމަށެވެ.

"އެހެންވީމާ ހަދަހަދައިގެން ހުސް ދޮގު ވާހަކަ އެއްވެސް ވަރަކަށް ތެދެއް ނެތް ދޮގު ވާހަކަ ފެތުރުން މިހާރު ސްޓްރަޓަޖީއަކަށް ހަދައިގެން ގެންގުޅެނީ އިދިކޮޅު ފަރާތްތައް... ދެން ރަޖިސްޓަރީ ނުކުރާ ނޫސްތަކާ އެފްބީ ޕޭޖްތަކުގައި ވެސް. ރައްޔިތުން ގާތު އަޅުގަނޑު އެދެން އޮތީ މިކަހަލަ އެއްވެސް ވާހަކައެއް އިވިއްޖެއްޔާ ހަގީގަތް ބައްލަވާލައްވާށޭ ވަރަށް ސާފުކޮ ފެންނާނޭ،" 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.