ފުލުހުން އެގެއަށް ދިއުމުން އެ ފިރިހެން މީހާ ފުލުހުންނާއިމެދު ހަމަނުޖެހުން ހިންގައި މާރާމާރީ ހިންގައި، އިންޒާރުދީފައިވާ ކަމަށް ފުލުހުން ބުނެ އެވެ. މި ހަމަނުޖެހުމުގައި ފުލުހަކަށް ވަނީ އަނިޔާވެފަ އެވެ.
އއ. ތޮއްޑޫގައި މީހަކު އޭނާގެ އަމިއްލަ ދަރިފުޅާއި އަންހެނެއްގެ އިތުރުން ފުލުހުންނަށް އަނިޔާކުރި ކަމުގެ ތުހުމަތުގައި ހައްޔަރުކޮށްފި އެވެ.
މި މައްސަލައިގައި ތޮއްޑޫއިން ހައްޔަރުކޮށްފައި ވަނީ 37 އަހަރުގެ ދިވެހި ފިރިހެނެކެވެ.
ފުލުހުން ބުނީ އަންހެނެއްގެ ރައްކާތެރިކަން ކަށަވަރު ކުރުމުގެ އަމުރެއް ކޯޓުން ނެރެފައިވާތީ، އެގެއިން އެ ފިރިހެން މީހާ ނުކުތުމަށް އެންގުމުން އެކަމަށް އިންކާރުކޮށް އެމީހުންގެ ކުޑަ ދަރިފުޅަށް އަނިޔާކޮށްފައިވާ ކަމުގެ ރިޕޯޓު ރޭ ދަންވަރު 2:00 ހާއިރު ލިބިފައިވާ ކަމަށެވެ.
މި ރިޕޯޓު ލިބުމުން ފުލުހުން އެގެއަށް ދިޔަ ކަމަށާ އަދި އެ ފިރިހެން މީހާ ފުލުހުންނާއިމެދުވެސް ހަމަނުޖެހުން ހިންގައި މާރާމާރީ ހިންގައި، އިންޒާރުދީފައިވާ ކަމަށެވެ. މި ހަމަނުޖެހުމުގައި ފުލުހަކަށް ވަނީ އަނިޔާވެފަ އެވެ.
ފުލުހުން ބުނީ މި މައްސަލައިގެ ތަހުގީގު މިހާރު ފަށާފައިވާ ކަމަށެވެ.