"ހަނިމާދޫ އެއާޕޯޓްގެ ރަންވޭއަށް 700 މީޓަރު އިތުރު ކޮށްދޭނަން"

"އަޅުގަނޑު ބޭނުންވަނީ މިކަމުގައި މި ލޯނު ހަމަޖެއްސި ފަރާތާ ވާހަކަ ދައްކައިގެން މިކަމަށް އެދެވޭ ހައްލެއް ގެނެވޭތޯ މަސައްކަތްކުރަން. މާނަ އަކީ ރަންވޭ ދިގުކޮށް އަދި އިތުރު 700 މީޓަރު އިތުރު ކުރެވޭތޯ މަސައްކަތް ކުރުން،"

ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ހަނިމާދޫ ރައްޔިތުންނާ މުހާތަބު ކުރައްވަނީ --

ކުރީ ސަރުކާރުން ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓް ތަރައްގީ ކުރަން ފަށާފައި އަސްލު މަސައްކަތަށްވުރެ ދެ ގުނަ އަގު ބޮޑުކޮށް އަދި ސްކޭލް ކުޑަކޮށް ކަމަށާއި، އެ އެއާޕޯޓްގެ ރަންވޭ އިތުރަށް ބޮޑުކޮށްދެއްވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ހދ. ހަނިމާދޫއަށް މިއަދު ވަޑައިގެން އެރަށު ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަދައްކަވަމުން ރައީސް ވިދާޅުވީ، ސަރަހައްދީ ތަރައްގީ ގެންނަން އެމަނިކުފާނު ޕްލޭން ކުރައްވާފައިވާ މަފްހޫމުގެ ތެރެއިން އުތުރުގެ ހަތަރު އަތޮޅު ތަރައްގީ ކުރައްވާނީ ޑިވެލޮޕްމެންޓް ޒޯނެއްގެ ގޮތުގައި ކަމަށެވެ. އެ މަސައްކަތުގެ ތެރެއިން ހަނިމާދޫއަށް ހާއްސަ އިސްކަމެއް ދެއްވާނެ ކަމަށް ވިދާޅުވި އެވެ.

މި މަސައްކަތުގެ ތެރެއިން ބޮޑުތިލަދުންމަތީގައި ޓޫރިޒަމް ފުޅާ ކުރުމަކީ އަމާޒެއް ކަމަށް ފާހަގަކުރައްވައި ރައީސް ވިދާޅުވީ، އޭރުން އެންމެ ބިޒީ ވެގެން ދާނީ ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓް ކަމަށެވެ. ކުރީ ސަރުކާރުން އެތަން ތަރައްގީ ކުރަން ފެށީ އެކަންކަމަށް ވިސްނާލުމެއް ނެތި ކަމަށް ވެސް ވިދާޅުވި އެ ެ. 

"އަޅުގަނޑު ގަބޫލުކުރާ ގޮތުގަ މިވަރުގެ ބޮޑު އިންވެސްޓްމެންޓެއް ކޮށްފަ އޮތްއިރުގަ، ކުރަން މަސައްކަތް ކުރާއިރުގަ، އަދި އެތައް ގުނައެއް އަގުބޮޑުކޮށް [ކުރާއިރު]، ހަގީގަތުގަ ހަރަދުވާނެ ވަރަށްވުރެ ބޯޑުކޮށް ހަރަދު ކުރަމުންދާއިރުގަ އެންމެ ފުރިހަމަ ސްކޭލްގައޭ މި އެއާޕޯޓް ހެދިގެން ދާން ވާނީ. 2.46 ކިލޯމީޓަރުގެ ރަންވޭއަކުން މިދެންނެވި 8000 ބެޑު މިސާލަކަށް، އަދި އިތުރު އެކިކަހަލަ ސިނާއަތްތައް ގެންނަން މަސައްކަތްކުރާއިރު، އެ އިންޓަނޭޝަނަލް އެއާޕޯޓްގަ ހުންނަން ޖެހޭ ކެޕޭސިޓީއަކަށް ނޫން އެ ހެދިގެން ދަނީ،" ރައީސް ވިދާޅުވި އެވެ.

އެފަދަ ބޮޑު އިންވެސްޓްމެންޓެއް ކުރާއިރު، މަސައްކަތް ކުރަންވާތީ އެންމެ ފުރިހަމައަށް ކަމަށް ރައީސް ވިދާޅުވި އެވެ. އެ މަސައްކަތް ކުރަމުން ދަނީ އަސްލް އަގަށްވުތެ ތިން ގުނަ ބޮޑު ކޮށް ކަމަށް ވެސް ވިދާޅުވި އެވެ.

"އަޅުގަނޑު ބޭނުންވަނީ މިކަމުގައި މި ލޯނު ހަމަޖެއްސި ފަރާތާ ވާހަކަ ދައްކައިގެން މިކަމަށް އެދެވޭ ހައްލެއް ގެނެވޭތޯ މަސައްކަތްކުރަން. މާނަ އަކީ ރަންވޭ ދިގުކޮށް އަދި އިތުރު 700 މީޓަރު އިތުރު ކުރެވޭތޯ މަސައްކަތް ކުރުން،" ރައީސް ވިދާޅުވި އެވެ.

އެއާޕޯޓް ތަރައްގީ ކުރުމުގެ މަސައްކަތް ކުރިއަށްދާއިރު، މިދިޔަ މަހު ވަނީ ރަންވޭގެ 2600 މީޓަރު ހުޅުވާފަ އެވެ.

ހަނިމާދޫ މަޝްރޫއު ކުރުކޮށް

  •  އިންޑިއަން އެގްޒިމް ބޭންކުގެ ލޯނު މަޝްރޫއެއް
  •  ޑިވެލޮޕާއަކީ އިންޑިއާގެ ޖޭއެމްސީ ކުންފުނި
  •  އެއާޕޯޓުގެ އޯނާޝިޕް: ރީޖަނަލް އެއާޕޯޓްސް / ރާއްޖެ
  •  މަޝްރޫއުގެ އަގު 136 މިލިއަން ޑޮލަރު
  •  2.46 ކިލޯ މީޓަރުގެ ރަންވޭއެއް
  •  އަހަރަކު 1.3 މިލިއަން ފަސިންޖަރުންނަށް ހިދުމަތް ދެވޭނެ ޓާމިނަލެއް
  •  2461.21 މެޓްރިކް ޓަނުގެ ތެޔޮ ރައްކާ ކުރެވޭނެ ފެސިލިޓީ

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.