މުޅި ރާއްޖެ ހިމެނޭ ބޭންކިން ވިއުގަޔަކާއެކު 20 އަތޮޅުގައި 38 ބްރާންޗް، 83 ސެލްފްސާވިސް ބޭންކިން ސެންޓަރު، 138 އޭޓީއެމް، 200 އަށް ވުރެ ގިނަ ކޭޝް އޭޖެންޓުންގެ އިތުރުން އޮންލައިން ބޭންކިން ހިދުމަތާއެކު ބީއެމްއެލުން ހިދުމަތް ދެ އެވެ.
ބޭންކް އޮފް މޯލްޑިވްސް އިން މުޅި ރާއްޖެއަށް ބޭކިން ހިދުމަތް ފުޅާ ކުރާ މަޝްރޫއުގައި ކ. ގުޅި އަދި ވ. ކެޔޮދޫގައި ސެލްފް ސާވިސް ބޭންކިން، އޭޓީއެމް ސެންޓަރު ހުޅުވައި ހިދުމަތްދޭން ފަށްޓައިފިއެވެ.
މިހާރު އެ ހިދުމަތް މެދުވެރިކޮށް ފަރުދުންނާއި ވިޔަފާރިތަކަށް 24 ގަޑިއިރު ފައިސާ ނެގުމުގެ އިތުރުން ފައިސާ ޖަމާކުރުމާއި، ބިލަށް ފައިސާ ދެއްކުމާއި ޓްރާންސްފާ ކުރުމުގެ ހިދުމަތް ލިބެ އެވެ.
ބީއެމްއެލް އިން ބުނީ ގުޅީ އޭޓީއެމް ހިދުމަތާއެކު މާލޭ ސިޓީގައި ގާއިމްކޮށްފައިވާ ބޭންކިން ހިދުމަތްތަކުގެ އިތުރުން މިވަގުތު މާލެ އަތޮޅުގައި ދެ ބްރާންޗެއް މެދުވެރިކޮށް ހިދުމަތް ފޯރުކޮށްދެމުން ދާނެ ކަމަށާއި ފަސް ރަށެއްގައި ސެލްފް ސާވިސް އޭޓީއެމް ސެންޓަރުތައް ގާއިމްކުރެވިފައިވާ ކަމަށެވެ. އަދި މީހުން ދިރިއުޅޭ ރަށްތަކުގައި ގާއިމްކޮށްފައިވާ ކޭޝް އޭޖެންޓް މެދުވެރިކޮށް ވެސް ހިދުމަތް ދެ އެވެ.
ވ. އަތޮޅުގައި ފެލިދޫގައި ބްރާންޗު މެދުވެރިކޮށް ހިދުމަތް ދެ އެވެ. އަދި ދެ ރަށެއްގައި އޭޓީއެމް ގާއިމްކޮށް މީހުން ދިރިއުޅޭ ރަށްތަކުގައި ކޭޝް އެޖެންޓްގެ ހިދުމަތް ގާއިމްކޮށްފައި ވެއެވެ.