ރިންގްރޯޑް ގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގާ މީހަކަށް އަނިޔާ ވެއްޖެ

ފުލުހުން ބުނީ އެކްސިޑެންޓާއި ގުޅިގެން ސައިކަލާއި ބަހާއި ކާރަށް ވެސް ގެއްލުން ވެފައިވާ ކަމަށެވެ. ސައިކަލް ދުއްވި މީހާ އަތުގައި ލައިސަންސް އެއް ވެސް ނެތެވެ.

ދިވެހި ފުލުހުންގެ ހިދުމަތުގެ އިދާރާ. މިރޭ ހިނގި އެކްސިޑެންޓްގެ މައްސަލަ ދަނީ ބަލަމުން -- މިންނު އާދަމް ހަލީމް | މި

ރިންގްރޯޑް ގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގާ މީހަކަށް އަނިޔާ ވެއްޖެ އެވެ.

ދިވެހި ފުލުހުންގެ ހިދުމަތުން ބުނީ ބޮޑުތަކުރުފާނު މަގު ހުޅަނގުން އިރަށް އައި ސައިކަލެއް ސްޓެލްކޯ ކައިރި ބަސް ސްޓޮޕެއްގައި އޮތް އެމްޓީސީސީގެ ބަހެއް ގައި ޖެހި މަގު އަނެއް ފަރާތުގައި އޮތް ކާރެއް ގައި ޖެހި އެކްސިޑެންޓް ވެފައިވާ ކަމަށެވެ.

މި އެކްސިޑެންޓްގައި ސައިކަލް ދުއްވަން އިން މީހާައަށް ވަނީ އަނިޔާވެފައެވެ. އޭނާައަށް އައިޖީއެމްއެޗް ގައި ދަނީ ފަރުވާ ދެމުންނެވެ.

ފުލުހުން ބުނީ އެކްސިޑެންޓާއި ގުޅިގެން ސައިކަލާއި ބަހާއި ކާރަށް ވެސް ގެއްލުން ވެފައިވާ ކަމަށެވެ. ސައިކަލް ދުއްވި މީހާ އަތުގައި ލައިސަންސް އެއް ވެސް ނެތެވެ.

އެކްސިޑެންޓްގެ ރިޕޯޓް ލިބުނީ މިރޭ 8:00 އެހާކަން ހާއިރު ކަމަށާ އެކްސިޑެންޓާއި ގުޅިގެން ބަލަން ޖެހޭ ކަންކަން ބަލަމުންދާ ކަމަށް ފުލުހުން ބުންޏެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.