ގައުމީ އެއާލައިން ސިންގަޕޫރު އެއާޝޯގަ، ބޯޓު ގެންނަން ސޮއިކޮށްފި

މޯލްޑިވިއަން އިން ވަނީ ސިންގަޕޫރު އެއާޝޯވްގައި އޭޓީއާރު ކުންފުންޏާއެކު ބޯޓު ހޯދަން ސޮއިކޮށްފަ އެވެ. މި ބޯޓުތައް މިއަހަރުގެ ފަހުކޮޅު ރާއްޖެ އަންނާނެ އެވެ.

ސިންގަޕޫރު އެއާޝޯވްގައި މޯލްޑިވިއަން އެމްޑީ އަދި ފިނޭންސް މިނިސްޓްރީގެ އޮފިޝަލުންނާއި ޓްރާންސްޕޯޓް މިނިސްޓަރު

ސިންގަޕޫރުގައި މިހާރު ކުރިއަށްދާ ދުނިޔޭގެ ވައިގެ ދަތުރުފަރުގެ އެންމެ ބޮޑު ޝޯ "ސިންގަޕޫރު އެއާޝޯ" އަށް ގޮސް އެ ކުންފުނިން ގެންނަ ދެ ބޯޓު ބަލައިފި އެވެ. 

ގައުމީ އެއާލައިން އައިލެންޑް އޭވިއޭޝަން ޕްރައިވެޓް ލިމިޓެޑް (އައިއޭއެސް) އާއި ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީން ސިންގަޕޫރުގެ އެއާޝޯވް އަށް ވަޑައިގެން ވަނީ އޭޓީއާރު ކުންފުންޏާއެކު މޯލްޑިވިއަން އިން ގެންނަ ދެ ބޯޓުގެ އެއްބަސްވުމުގައި ސޮއިކޮށްފަ އެވެ. 

މޯލްޑިވިއަން އިން ބުނެފައިވާ ގޮތުގައި އޭޓީއާރު 42-600 މަރުކާގެ ދެ ބޯޓު އެ ކުންފުންޏަށް ހޯދަން ވަނީ އޯޑަރު ޕްލޭސްކޮށްފަ  އެވެ. އަދި މި ބޯޓުތައް މި އަހަރުގެ ފަހުކޮޅު ރާއްޖެއަށް ލިބޭނެ އެވެ. މީގެ އިތުރުން އަންނަ އަހަރުގެ ނިޔަލަށް އޭޓީއާރު ބޯޓު ފަހަރުގެ އަދަދު ހަތަކަށް އިތުރު ކުރާނެ ކަމަށް އެ ކުންފުނިން ބުނެފައިވެ އެވެ. 

މި ކުންފުނީގައި މިހާރު އޮންނަނީ ދެ އޭޓީއާރު 72-600 އާއި އެއް އޭޓީއާރު 42-600 މަތިދާ ބޯޓެކެވެ. 

ގައުމީ އެއާލައިން ފުޅާކޮށް ވަރުގަދަ ކުރުމުގެ މަސައްކަތްތަކެއް ސަރުކާރުން ވަނީ ފަށާފަ އެވެ. މިގޮތުން ވައިޑް ބޮޑީ ދެ އެއާ ކްރާފްޓް ގެނައުމުގެ މަސައްކަތް ތަކެއް ވެސް ދަނީ ކުރަމުންނެވެ. މި ބޯޓުތަކާއެކު ޗައިނާގެ ހަތް މަންޒިލަކާއި ޔޫރަޕަށް ގައުމީ އެއާލައިން ފުޅާ ވެގެންދާނެ އެވެ. 

މޯލްޑިވއަން - ގައުމީ އެއާލައިން ރަސްމީކޮށް އައިލެންޑް އޭވިއޭޝަންގެ ގޮތުގައި އުފަންވީ 2000 ވަނަ އަހަރު އެވެ. މިހާރު މި ކުންފުނީގައި 70 ގޮނޑީގެ ދެ އޭޓީއާރު ބޯޓާއި 46 ގޮނޑީގެ އޭޓީއާރު ބޯޓެއްގެ އިތުރުން 152 ގޮނޑީގެ އެއާބަސް 320 ގެ ބޯޓެއް އޮވެ އެވެ. މީގެ އިތުރުން ޑޭޝް 300-8 މަރުކާގެ އަށް ބޯޓާއި ޑޭޝް 8-200 މަރުކާގެ ދެ ބޯޓުގެ އިތުރުން މޫދަށް ޖައްސާ 11 ސީޕްލޭނުން ހިދުމަތް ދެމުން ގެންދެ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.