އެ މީހާ ވަނީ ރޭގެ އިވެންޓް ފެށުމަށް ތައްޔާރުވެފައި ވަނިކޮށް އިވެންޓް އޮންނަ ސަރަހައްދުގެ މެދަށް ޕިކަޕެއް ގައި އައިސް އެ ސަރަހައްދުގައި މަޑުކޮށްގެން އޮވެ އިވެންޓް ފެށުމަށް ހުރަސް އަޅާފައެވެ.
ހއ. އިހަވަންދޫ ލައިސަންސް ޓްރެކް ހުޅުވަން ރޭ ބޭއްވި އިވެންޓަށް ހުރަސްއެޅި މީހަކު ހައްޔަރު ކޮށްފި އެވެ.
ފުލުހުން ބުނީ އިހަވަންދޫ ލައިސަންސް ޓްރެކް ހުޅުވަން ރޭ ބޭއްވި އިވެންޓަށް ހުރަސް އެޅިކަމުގެ ތުހުމަތުގައި ދިވެހި ފިރިހެނަކު ހައްޔަރު ކޮށްފައިވާ ކަމަށެވެ. އެ މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށް ބުނުން ފިޔަވާ އިތުރު ތަފްސީލެއް ނުދެ އެވެ.
އެނގިފައިވާ ގޮތުގައި ހައްޔަރު ކޮށްފައިވަނީ އިހަވަންދޫ މީހެކެވެ. އެއީ އުމުރުން 41 އަހަރުގެ މީހެކެވެ.
އެ މީހާ ވަނީ ރޭގެ އިވެންޓް ފެށުމަށް ތައްޔާރުވެފައި ވަނިކޮށް އިވެންޓް އޮންނަ ސަރަހައްދުގެ މެދަށް ޕިކަޕެއް ގައި އައިސް އެ ސަރަހައްދުގައި މަޑުކޮށްގެން އޮވެ އިވެންޓް ފެށުމަށް ހުރަސް އަޅާފައެވެ.
އެކަމާއި ގުޅިގެން އިވެންޓް ފެށުން ލަސްވި އެވެ. މައްސަލަ ހައްލު ކުރީ އިހަވަންދޫ ގައި ތިބި ފުލުހުން އައިސް ގެންނެވެ.
އިވެންޓް އޮތް ސަރަހައްދަށް ޕިކަޕެއް ވައްދާ އިވެންޓަށް ހުރަސް އެޅި ސަބަބެއް ސާފެއް ނުވެ އެވެ.